ޚަބަރު

އައްޑޫގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އައްޑޫން ރޭ ފަރުވާއަކަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެގެން މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. އަދި މިއާއެކު އައްޑޫގައި މިހާރު ވަނީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.

މިކަމާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑު ސިޓީގައި ކޮވިޑް ޓެސްޓު ހެދޭނެ ގޮތް އާޖެންޓުކޮށް ގާއިމް ކުރުމަކީ މުހިންމު ވަރަށް ބޮޑު ވެއްޖެ ކަމަށެވެ.

"މިއީ އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމެއް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓްނުކުރެވޭތީ އާއި އެ ބައްޔަށް ހާއްސަކޮށްގެން އައްޑޫގައި ތައްޔާރުކުރަން ބުނި ހޮސްޕިޓަލްގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ، ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީީޕީގެ ޓިކެޓްގައި އައްޑޫގައި މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!