Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުއްދަ ނުހޯދައި ފޮނަދޫއަށް އަރައި މަރުގެ އިންޒާރު ދިން މީހަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ

ހުއްދަ ނުހޯދައި ލ. ފޮނަދޫއަށް އަރައި އިންޒާރު ދިން އެ އަތޮޅު މާމެންދޫ މީހަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެއެވެ.

ފިޔަވަޅު އަޅައިދިނުމަށް އެދި ފޮނަދޫ ކައުންސިލުން މާމެންދޫ ކައުންސިލަށް ފޮނުވި ސިޓީގެ ކޮޕީއެއް "ދެން" އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި އެ މީހާގެ ނަން ބަޔާންކޮށް ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާ ފޮނަދޫއަށް އަރައި އެރަށު ބަނދަރު ބަލަހައްޓާ ޑެސްކުގައި އިން މީހަކަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި ފާއިތުވި ހަފްތާގައި ވެސް އޭނާ ވަނީ ހުއްދަ ހޯދުމެއް ނެތި ރަށަށް އެރުމަށް މަސައްކަތް ކޮށްފައި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން އޭނާއަށް ފޮނަދޫއަށް ދަތުރު ނުކުރެވޭ ގޮތަށް ފިޔަވަޅު އަޅައި ދިނުމަށް އެދި މާމެންދޫ ކައުންސިލްގައި އެދޭ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް