ޚަބަރު

އިތުރު 19 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 19 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ފައްސިވިމީހުންގެ އަދަދު 785 ކަށްވަނީ އަރާފައެވެ

Ads by MWSC

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 785 އަށް އަރާފައި ކަމަށާއި ބަލިން ރަނގަޅުވި މީހުންގެ އަދަދު 29 އަށް އަރާފައިވާ ކަމަށެވެ.

"މިހާތަނަށް ޝިފާ ލިބިފައި ވަނީ 29 މީހުންނަށް. ބައްޔަށް 751 މީހުންނަށް ދަނީ ފަރުވާދެމުން. މިހާތަނަށް ރަނގަޅުވީ 16 ދިވެހިންނާއި 13 ބިދޭސީން" މަބްރޫކް. ވިދާޅުވިއެވެ.

އިތުރު 19 މީހުން ކޮވިޑް19 އަށް ފައްސިވުމާއެކު މިއަދު ރާއްޖެއިން ކޮވިޑް19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 39 ކަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!