ޚަބަރު

ﷲ އަށް ޙަމްދު ހުރި، އިތުރު 9 މީހަކު ކޮވިޑް19 އިން ޝިފާ ލިބިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 9 މީހަކު ކޮވިޑް19 އިން ޝިފާ ލިބިއްޖެއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް 19 އިން ރަނގަޅުވި މީހުންގެ އަދަދު 29 އަށް ވަނީ އަރާފައެވެ.

Ads by MWSC

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒްވަނީ ކޮވިޑް19 ގެ ތަފާސް ހިސާބު ހިއްސާކޮށްފައެވެ. މިގޮތުން މިހާތަނަށް 29 ބަލިން ރަނގަޅުވެފައިވާ ކަމަށާއި 741 މީހަކު ބައްޔަށް ފައްސިވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

" މިހާތަނަށް ޝިފާ ލިބިފައި ވަނީ 29 މީހުންނަށް. ބައްޔަށް 751 މީހުންނަށް ދަނީ ފަރުވާދެމުން. މިހާތަނަށް ރަނގަޅުވީ 16 ދިވެހިންނާއި 13 ބިދޭސީން." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، މިހާތަނަށް ކޮންޓެކްޓް ޓްރޭސިން މަސައްކަތުން 5 ހާހަށްވުރެ ގިނަ މީހުން ފާހަގަވެފައިވާ ކަމަށާއި މިހާރު 291 މޮނިޓަރިންގެ ހާލަތުގައި އޮތް ކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީގައި 1،521 މީހުން ތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"ކޮންޓެކްޓް ޓްރޭސިން މަސައްކަތުން 5،000 އަށް ވުރެ ގިނަ މީހުން ވަނީ ފާހަގަ ކުރެވިފައި. 291 ތަނެއް އޮތީ މޮނިޓަރިންގެ ހާލަތުގައި. އައިސޮލޭޝަންގައި 719 މީހުން އެބަތިބި. ކަރަންޓީން ފެސިލިޓީގައި 1،521 މީހުން އެބަތިބި." މަބްރޫކް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!