ޚަބަރު

ރިސްކް ބޮޑީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް، މިހާތަނަށް ބަލި ޖެހިފައިވަނީ މިއުމުރުގެ 13!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ ރިކްސް އެންމެ ބޮޑީ އުމުރުން 65 އަހަރުގެ މީހުންނަށް ކަމަށާއި 65 އަހަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޑް ޖެހިފައިވަނީ 13 މީހުންނަށް ކަމަށް ސަރުކާރުން ހާމަކޮަށްފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަފުޅު ދައްކަވަމުން،ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ 65 އަހަރުވީ މީހުންގެ ތެރެއިން މިބަލި ޖެހިފައިވަނީ 13 މީހުންނަށް ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު އަދަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދަކީ 13. އެއީ ހަގީގަތުގައި ވަރަށް ދަށް އަދަދެއް. އަދި އެއީ ވަރަށް ރަނގަޅަށް ވެފައި އޮތް ކަމެއް. ސަބަބަކީ، މި ބަލީގައި އެންމެ ރިސްކް ބޮޑު މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށް ވާތީ." ޑރ އަފްޒަލް ވިދާޅިވިއެވެ.

މުސްކުޅި ޢުމުރުފުރާކަމަށްވާ 65 އަހަރުން މަތީގެ މީހުން ރާއްޖޭގައި ފައްސިވާ މިންވަރު މަދުކަމަށް ފާހަގަކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއަށް މި ބަލީގައި ޙަލަތަށް ބަލާއިރު އެއީ ރަނގަޅު އަލާމާތެއްކަމަށެވެ.

އަފްޒަލް ވިދާޅުވީ ރާއްޖޭގައި ބަލިޖެހެމުންދާ މީހުންގެތެރެއިން އެންމެ ގިނައީ ޒުވާނުންކަމަށެވެ. އެއީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ ޢުމަުރުފުރާގެ މީހުންނެވެ.

ޑރ.އަފްޒަލް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް މިބައްޔަށް ފައްސިވި މީހުންގެ ތެރެއިން އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ޢަދަދު ވަރަށް ގިނަކަމަށެވެ. އެގޮތުން ބަލިޖެހޭ މީހުންގެ 54 ޕަސެންޓަކީ އެއްވެސް އަލާމާތެއް ނުފެންނަ މީހުންކަމަށް އެޗްޕީއޭގެ ޑޭޓާތަކުން ދައްކައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!