ޚަބަރު

ރެސިޕީ: ޗިޕްސްމޯ ޕުޑިން

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި :

1 ޖޯޑު ވިޕްޑް ކްރީމް
1 ޖޯޑު ނެސްލޭ ކްރީމް
1 ދަޅު ގެރިކިރު
2 މޭޒުމަތީ ސަމްސާ ކޮކޯ ޕައުޑާ
ޗިޕްސްމޯ ޕެކެޓް (ޓްރޭގެ ސައިޒަށް އެކަށޭނަ)

ތައްޔާރުކުރާނެ ގޮތް :

އެންމެ ފުރަތަމަ ވިޕްޑް ކްރީމް ގިރާލާށެވެ. އޭގެތެރެއަށް ނެސްލޭ ކްރީމް އަޅާލުމަށްފަހު މިކްސް ކޮށްލާށެވެ. އެއަށްފަހު ކޮކޯ ޕައުޑާއާއި ގެރިކިރު މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސް ކޮށްލުމަށްފަހު ވިޕްޑް ކްރީމް ތެރެއަށް އަޅާލާއި މިކްސް ކޮށްލާށެވެ.

ދެން އޮންނާނީ އެސެމްބަލް ކުރުމެވެ. އެހެންކަމުން ޓްރޭއެއް ފަދަ އެއްޗެއްގައި އެންމެ ފުރަތަމަ މި މިކްސްޗާ ހާކާލާށެވެ. އަދި އޭގެ މައްޗަށް ޗިޕްސްމޯ ބިސްކޯދުތައް އަތުރާލާށެވެ. ބިސްކޯދުތައް އެއްކޮށް ބޭނުންކުރެވި ޓްރޭ ފުރެންދެން ރިޕީޓް ކޮށްލާށެވެ. އަދި ނިންމާލަމުން ބިސްކޯދު ވަރަށް ހިމުންކޮށްފައި އޭގެ މައްޗަށް އަޅާލާށެވެ. ސާވްކުރުމުގެ ކުރިން 5-6 ގަޑިއިރު ވަންދެން ފްރިޖުގައި ފިނިކޮށްލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!