ޚަބަރު

ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ލިބުނު ސާމްޕަލްތައް ނައްސި: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ޖަލުން ނެގި ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބިފައިވާ 22 ސާމްޕަލް ވެސް ނައްސި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު ވިދާޅުވީ ޖަލުތަކުން މިހާތަނަށް 38 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު މިހާތަނަށް 22 ސާމަޕަލްގެ ނަތީޖާ ލިބިފައިވާކަމަށާ، އެ ސާމްޕަލްތައް ނައްސި ވެފައިވާކަމަށެވެ.

ކޮވިޑް-19އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގުޅިގެންނެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ މާލެ ސިޓީގެ ބަލި ފެތުރެމުންދާއިރު މިބަލި މުޅި ރާއްޖެއަށް ފެތުރިދާނެކަމުގެ ބިރު ބޮޑުވެފައިވާތީ މިބަލީގެ ނުރައްކާ އޮތްމިންވަރު ބެލުމަށް ރެންޑަމް ސާމްޕަލް ނަގައި ޙާލަތު ދެނެގަތުމަށް ދިރާސާއެއްވެސް ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޖަލު ފަދަ ތަންތަނުންވެސް ރެންޑަމް ސާމްޕަލްތައް ނަގަން ފަށާފައިވަނީ މިހާރު ބަލިޖެހޭ މީހުންގެ ތެރެއިން ގިނަ ބަޔަކީ އޭސިމްޓޮމެޓިކް ނުވަތަ ބަލީގެ ނުރައްކާ ހުރި ބަޔެއްކަމަށް ނުދައްކާތީކަމަށް އެންއީއޯސީއިން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!