ޚަބަރު

އައްޑޫގައި ކޮވިޑަށް ޓެސްޓުކުރެވޭނެ ގޮތް ހަދަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19 އަށް އައްޑޫން ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް، އައްޑޫ ތަމްސީލް ކުރައްވާ 7 މަޖިލީސް މެމްބަރުންނަށް ދެއްވައިފިއެވެ.

Ads by Sosun Fihaara

އިއްޔެ ވެބް ކޮންފަރެންސް މެދުވެރިކޮށް އައްޑޫ ތަމްސީލު ކުރައްވާ ހަތް މެމްބަރުން، ނައިބު ރައީސާއި ހެލްތް މިނިސްޓަރ އަމީނާ ބައްދަލުކުރައްވައި އައްޑޫގައި ޓެސްޓުކުރުމުގެ އިންތިޒާމް ހަމަނުޖެހި ލަސްވުމާ ގުޅޭގޮތުން ސުވާލު ކުރެއްވިއެވެ.

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ވެސް ކޮވިޑާ ގުޅޭ ވަސީލަތްތައް ހަމަޖެހުއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވަނީ މިކަން ކުރުމަށް ސަރުކާރަށް ކުރިމަތިވާ ގޮންޖެހުންތައް ތަފްސީލުކޮށް މެމްބަރުންނަށް ކިޔާ ދީފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ، އައްޑޫގައި ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަނުޖެހި ލަސްވާ ކަން ސަރުކާރުން ބަލަމުން އަންނަ ކަމަށާއި ހައްލުކުރަން ޖެހޭ ކަންކަން ކޮށް ވަރަށް އަވަހަށް ޓެސްޓު ކުރެވޭ ގޮތް ހެދޭނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. ހަތް މެމްބަރުން ނައިބު ރައީސާއި ބައްދަލުކުރައްވާފައިވަނީ އައްޑޫގައި ޓެސްޓު ނެހެދި މާލެއަށް ސާމްޕަލް ފޮނުވައި ލަސްވާތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!