ޚަބަރު

ސްޕެގެޓީ ކާބޮނާރާ : ކޮންމެހެންވެސް އަޖުމަ ބަލައިލަން ވާނެ

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

Ads by Sosun Fihaara

1 ޖޯޑު ޕާމެސާން ޗީޒް (ހިމުންކޮށްފައި ހުންނަ ވައްތަރު)

1 ޕެކްޓް ކުކިންގް ކްރީމް (ކުޑަ)

½ ޕެކެޓް ސްޕެގެޓީ

150ގ ބޯނަލެސް ޗިކަން

3 ބިސް (ގޮބޮޅި ބައި ވަކިކޮށްފައި)

1 ދަޅު ލަންޗިއަން މީޓް (ބޮޑެތި ފޮތިތަކަށް ކޮށާފައި)

ރަހަލާވަރަށް ލޮނު

ކުޑަ ތެޔޮކޮޅެއް

ރަހަލާވަރަށް އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އެޅުމަށްފަހު އޭގެ ތެރެއަށް ސްޕެގެޓީ ކޮޅު، ކުޑަ ތެޔޮކޮޅެއް އަދި ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު މެދު ގިނީގައި ސްޕެގެޓީ މަޑުވެ އުލަކުން ބުރި ކޮށްލެވޭ ވަރަށް ކައްކާލާށެވެ.

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ފޮތިކޮށްފައިހުރި ލަންޗަން މީޓްކޮޅުތައް ތެއްލާލުމަށްފަހު ½ އިންޗިއަށް ފޮތިތައް ކޮށާލާށެވެ.

ކުކުޅުކޮޅުގައި ލޮނު އަދި އަސޭމިރުސްކޮޅެއް ހޭކުމަށްފަހު ކުރިން ލަންޗިއަން މީޓްކޮޅު ހަނާކޮށްލި ތަވާގައި ކުކުޅުކޮޅު ރޯފިލުވާށެވެ. އެއަށްފަހު ކުކުޅުކޮޅު ވެސް ކުދިކޮށް ކޮށާލާށެވެ.

ކޮންޓެއިނަރެއްގައި ބިހުގެ ގޮބޮޅިތައް، ކުކިންގް ކްރީމް، ލޮނު، އަސޭމިރުސް، ½ ޖޯޑު ޕާމެސާން ޗީޒް ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ. ބޭނުންނަމަ މީގެ ތެރެއަަށް އިތުރަށްވެސް ޗީޒް އެޅިދާނެއެވެ. ޕާމެސާން ޗީޒް ނެތްނަމަ ޗެޑަރ ޗީޒް ވެސް ބޭނުން ކުރެވިދާނެއެވެ.

ސްޕެގެޓީ ކޮޅު ރަނގަޅަށް މަޑުވުމުން ތެލީގައި 1 ޖޯޑު ފެން ބެހެއްޓުމަށްފަހު ބާކީ ފެންފޮދު އުކާލާށެވެ. އެއަށްފަހު މި ޕާސްތާގެ ތެރެއަށް ކުރިން ކުދިކޮށް ކޮށި ކުކުޅުކޮޅު، ލަންޗިއަން މީޓްކޮޅު އަދި ކުކިންގް ކްރީމް މިކުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މެދުގިނީގައި ކްރީމްކޮޅު އޮލަވެ ޕާސްތާތަކުގައި ހިފަންދެން ކައްކާލާށެވެ.

އުނދުނުން ބޭލުމަށްފަހު ހިހޫވުމުން އަނެއްކާވެސް ރަނގަޅަށް ހަލާލަން ހަނދާން ކުރަންވާނެއެވެ.

ކާން ވުމުން އިތުރު ޗީޒްކޮޅެއް މީގެ މައްޗަށް ބުރުވާލައިގެން ކާލަން ވަރަށް މީރުވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!