ޚަބަރު

ކޮވިޑް19: ކަނޑޫދޫ ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން އެރަށު ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެސޯސިއޭޝަން ފޯރ ކަނޑޫދޫ ޑިވެލޮމަންޓް (އޭކޭޑީ) އިން އެރަށު ރައްޔިތުންނަށާއި އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް ކާޑުގެ ބާވަތްތައް ހަދިޔާ ކޮށްފިއެވެ.

Ads by MWSC

އޭކޭޑީގެ ރައީސް އަޙުމަދު ޝަފީޤު ''ދެން''އާއި ވާހަކަ ދައްކަމުން ބުނީ ކޮވިޑް19 އާއި ގުޅިގެން ފުރަބަންދުކޮށްފައިވުމާއެކު ކާޑާއި އެހެނިހެން ސާމާނު ލިބުމުގައު ދަތިކަން ފޯރަމުންދާތީ އެކަމަށް އެހީތެރިވުމުގެ ގޮތުން ވެދިން އެހީއެއް ކަމަށެވެ.

އޭކޭޑީން ވަނީ ކޮންމެ ގެއަކަށް ހަނޑޫ ،ހަކުރު އަދި ފުށުގެ އިތުރުން ކަދުރުވެސް ހަދިޔާ ކޮށްފައެވެ.

ކަނޑޫދޫގައި މިހާރު ދިރިއުޅެމުންދާ 460 އެއްހައި ރައްޔިތުންނާއި 80 ބިދޭސީންނަށް އޭޑީކޭއިން މި ވެދެއްވި އެހީއަކީ 25 ހާސް ރުފިޔާގެ އަގުހުރި އެހީއެކެވެ. ކަނޑޫދޫގެ އިތުރުން ބައެއް އެހެން ރަށްރަށުގެ ޖަމްޢިއްޔާތަކާއި ވިޔަފާރިވެރިން ވެސް އެ ރަށްރަށުގެ ރައްޔިތުންނަށް މިފަދަ އެހީތެރިކަން ވެދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!