ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 6 މީހަކަށް ބަލިން ޝިފާ ލިބިއްޖެ

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 6 މީހަކަށް ބަލިން ޝިފާ ލިބިއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެންމެފަހުން މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް އަފްޒަލް ވިދާޅުވިއެވެ.

މިއާއެކު ބަލިން ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 46 އަށް އަރާފައެވެ.

ރާއްޖޭގައި މިބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ގިނައީ ޒުވާން ޢުމުރުފުރައިގެ މީހުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތްފެންނަ މީހުންނަށްވުރެ އެއްވެސް ޢަލާމާތެއް ނުފެންނަމީހުން ގިނަކަމަށް ޑޮކްޓަރުން ވިދަޅުވެއެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 982 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!