މުނިފޫހިފިލުވުން

އާލިއާ ގެ ބޯ ކޮށައިދިނީ ރަންބީރްތަ؟

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ އެކި ފަންނާނުން ލޮކްޑައުން ގެ އެކި ކަންކަމުގައި ހޭދަކުރަމުން އަންނައިރު، ފިލްމީ ތަރި އާލިއާ ބަޓް ގިނަ ވަގުތު ހޭދަކުރަމުން އަންނަނީ ޖިމް ގައެވެ. އެގޮތުން އާލިއާ ދާދި ފަހުން ހިއްސާކުރި ޖިމް ފޮޓޯ އަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

Ads by Sosun Fihaara

އެ ފޮޓޯ އާލިއާ ހިއްސާކޮށްފައިވަނީ އޭނާ ކަސްރަތު ކުރަމުން އަންނަތާ 60 ދުވަސްވެފައިވާތީ އައިސްފައިވާ ބަދަލުތަކާއި ލިބިފައިވާ ކާމިޔާބީ ތައް ހިއްސާކުރަމުންނެވެ. ނަމަވެސް ފޭނުންގެ ސަމާލުކަން އެންމެ ދަމައިގަތީ އާލިއާ ބޯ ކޮށާފައިވާ ކަން ހިއްސާކޮށްފައިވުމުނެވެ.

ބޯ ކޮށާފައިވަނީ ގޭގައި ކަމަށާއި ބޯ ކޮށާދިނީ "ލަވްޑް ވަން " އެއް ކަަމަށް ޖަހާފައިވުމުން ގިނަ ފޭނުން ބުނަމުން ގެންދިޔައީ ބޯ ކޮށާދިނީ ރަންބީރް ކަޕޫރް ކަމަށެވެ. ނަމަވެސް އާލިއާ ވަކި އެއްޗެއް މިކަމާއި ގުޅިގެން ބުނެފައެއް ނުވެއެވެ.

އާލިއާ ބަޓް އާއި ރަންބީރް ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނާއިރު ރަންބީރް ގެ ބައްޕަ ރިޝީގެ ޖަނާޒާގައި ވެސް އާލިއާ ވަނީ ބައިވެރިވެފައެވެ. އަދި އޭގެ ފަހުން ރަންބީރު އާއެކު އާލިއާ ގިނަ ވަގުތުތަކެއް ހޭދަކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!