ޚަބަރު

ޝައްކުވި ކުއްޖާ ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހިމަބިހި ޖެހުނު ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ކުއްޖާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by MWSC

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ކުއްޖެއް ކަމަށާއި އެކުއްޖާ ހިމިބިއްސަށް ޝައްކު ކުރެވިގެން ރިޕޯޓުކޮށްފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.

އެކުއްޖާއަކީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކުއްޖެއް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެހެންކަމުން ވެކްސިން ގަވާއިދުން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭއިން ބުނީ އެކަން ރިޕޯޓުކުރުމާއެކު އެކަމާ ގުޅިގެން ކުރަންޖެހޭ އިންވެސްޓިގޭޝަންތައް ފެށި ކަމަށާއި، އެގޮތުން ކުއްޖާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރު ދެނެގަނެ، އެ ދުވަސްތަކުގައި އެކުއްޖާއާއެކު އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

އާންމު ސިއްހަތާއި ކުޑަކުދިންނާ ބެހޭ ކަންކަމުގައި ޓްވިޓަ މެދުވެރިކުރައްވައި، ވަރަށް ގިނަ މެސެޖްތައް ފޮނުއްވާ ޑރ. ފައިސަލް ވެސް ވިދާޅުވީ އެބަލި ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރެވޭނީ "މީސްލްސް، މަމްޕްސް، ރުބެލާ" ނުވަތަ އެމްއެމްއާރު ވެކްސިން ޖަހައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!