ޚަބަރު

އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީއަށް ކުރިމަތިލާން ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިޚާބުގެ ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Ads by STELCO

އެމްޑީޕީން ބުނީ މި ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އޮންނާނެ ކަމަށެވެ.

ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ސިޓީގެ ހަ ދާއިރާ ކަނޑައަޅައި އަންހެން މެންބަރުން އިންތިހާބު ކުރާ ދެ ދާއިރާ ގުރުއަތުން ހޮވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ނެގި ގުރުއަތުން، އެ ހަ ދާއިރާގެ ތެރެއިން އަންހެން މެންބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.

ކުޅުދުއްފުށީގެ ހަ ދާއިރާ:

ކުޅުދުއްފުށި އުތުރު ދާއިރާ
ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ
ކުޅުދުއްފުށި މެދު އުތުރު ދާއިރާ
ކުޅުދުއްފުށި މެދު ދެކުނު ދާއިރާ
ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ
ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!