ޚަބަރު

ފަރުވާދެމުން ދަނިކޮށް ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

Ads by STELCO

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދެއްވައި އޮފިޝަލް ވިދާޅުވީ އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށެވެ. އޭނާ އަށް ފަރުވާ ދިނީ ކޮން ސިއްހީ މައްސަލައަކާ ގުޅިގެން ކަމެއް ޖެންޑާ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މަރުވެފައި ވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ބަލަހައްޓާ އުމުރުން ދުވަސްވީ މީހެކެވެ.

އެ ބަލި މީހާއާ ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!