ޚަބަރު

ޝަރީއަތް އަޑުއަހަން ވަންނަން ލުއި ގޮތެއް އޮންނަން ޖެހޭ: ޝަމީމް

ދެން އެމްވީ ، ދެން އޮންލައިން

ކޯޓުތަކުގައި ހިނގާ ޝަރީއަތުގެ މަޖިލީސް ތަކަށް ވަނުމަށް ލުއި ގޮތްތަކެއް އޮންނަންޖެހޭ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަމީމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝަރީއަތުގެ މަޖިލިސްތަކަށް ނޫސްވެރިންނަށް ނޯޓު ފޮތް ވައްދަން ފުރުސަތު ދޭން ޖެހޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް ވިދާޅުވީ ސިއްރުކުރަން ޤާނޫނުގައި ހުރި މައްސަލަ ފިޔަވައި، ޝަރީއަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯމު ފުރުމާއި، ވަނުމަށްފަހު ނުނިކުމެވުން ފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ ކަމަށެވެ. އަދި ޝަރީއަތް އަޑުއަހަން ވަންނަ ނޫސްވެރިންނަށް އެމީހުންގެ އަމިއްލަ ނޯޓުފޮތް ވެއްދެންޖެހޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޝަރީއަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯމު ހުށަހަޅާގޮތަށް ބައެއް ކޯޓުތަކުގައި އޮންނަ އުސޫލާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ މި އަހަރަކީ ހުރިހާ ޝަރީއަތެއް އާންމުންނަށް ހުޅުވާލައިގެން ބާއްވާ އަހަރު ކަމަށް ހަދަން ވަރަށް ބޭނުންފުޅުވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް އޮތް އިތުބާރު އިތުރު ކުރެވޭނީ ހާމަކަން ބޮޑުކޮށްގެން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ޝަރީއަތުގެ އަޑުއެހުމެއް އާންމުންނަށް ހުޅުވާލައިގެން ބާއްވަން ޕީޖީ އޮފީހުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!