ޚަބަރު

މިހާރު ޓީޗަރުން ހަމަނުވަނީ ގުރުއާން މާއްދާއަށް އެކަނި: މިނިސްޓްރީ

މިހާރު ޓީޗަރުން ހަމަނުވަނީ ގުރުއާން މާއްދާއަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވީ މިހާރު ހަމަނުޖެހި ވަނީ އެންމެ 6 ގުރުއާން ޓީޗަރުން ކަމަށެވެ.

ގުރުއާން މާއްދާއަށް ބިދޭސީން ލިބުނު އަދަދަކަށް ސްކޫލްތަކަށް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސްކޫލްތަކަށް އެ ރަށްރަށުން ޕްރިންސިޕަލުންނާއި މުޖުތަމައު އެއްކޮށް ގުޅިގެން އެރަށްތަކުން ގުޅިގެން މުދައްރިސުން ކަންތައްތައް ހަމަޖައްސާފައިވާ ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި އަހަރު ރާއްޖޭގެ އެކި ސްކޫލްތަކުން 251 ބިދޭސީ ޓީޗަރުން ހޯދައިދިނުމަށް އެދުނުއިރު، އެ ހުރިހާ ޓީޗަރުން ވެސް މިއަދު ސްކޫލްތަކަށް ނުކުންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ސްކޫލްތަކުގައި ކިޔަވައިދޭން ފެށިއިރު، ސަރުކާރުގެ 212 ސްކޫލުގެ ތެރެއިން 150 ސްކޫލްގައި ވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!