ޚަބަރު

ފިލްމީ ތަރި މަލްގެ ޝަރީއަތް ކެންސަލް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މަސްތުވާތަކެތި ބޭނުން ކުރުމާއި އެތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.

Ads by Sosun Fihaara

މިއަދުގެ އަޑުއެހުން ކެންސަލް ކުރީ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މައްސަލަ ބައްލަވާ ގާޒީ ބޭނުންވާތީއެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މަލް ފުރަތަމަ ހައްޔަރުކުރީ އދ. މާމިގިލިންނެވެ. މަލްގެ އިތުރުން އެ މައްސާލަގައި އިތުރު އަންހެނަކު ވެސް ހައްޔަރުކުރިއެވެ. އެއީ ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާ އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލައެއްގައި ދާދިފަހުން ހުޅުމާލެ އިން ވެސް މަލް ހައްޔަރުކުރިއެވެ. އެ ހައްޔަރަށްފަހު މަލްގެ މައްޗަށް އުފުލީ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރު ކުރުމުގެ ދައުވާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!