ޚަބަރު

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރުދިން މައްސަލައެއް ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަން ގޮސް ތިބި ދެ ފަތުރުވެރިއެއްގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އެއާޕޯޓް އޭވިއޭޝަންގެ އޮފިސަރަކަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

Ads by STELCO

ފުލުހުން ބުނީ މި އިންޒާރު ދީފައިވަނީ މިއަދު ހެނދުނު 7:51 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސްތިބި ސްވިޒަލޭންޑް އަދި ސެނެގާލްގެ ދެ ފަތުރުވެރިން ކަމަށެވެ.

އެގޮތުން އެ ދެ މީހުންގެ ދަބަސް އެއާޕޯޓު އޭވިއޭޝަންގެ މުވައްޒަފުން ޗެކް ކުރަން އުޅުމުން އެމީހުންގެ އަތުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށާއި އެ މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި އެމީހުން އޭރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!