ޚަބަރު

20 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި

ދެން އެމްވީ ، ދެން އޮންލައިން

20 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by MWSC

އެމްއެންޑީއެފުން ބުނީ 20 މީހުންނާއެކު މާލެއިން ފުރައިގެން އއ.އުކުޅަހަށް ދަތުރުކުރި ލޯންޗެއް ގިރާވަރު ރިސޯޓު ދެކުނު ފަރާތު ކަންމައްޗަށް ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ސަރަހައްދުގައި މިހާރު ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށާއި ލޯންޗުގައި ތިބި މީހުން ގިރާވަރު ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!