ޚަބަރު

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑު ކުރަން ހުއްދަ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ނ.މާފަރުގައި ޤާއިމުކޮށްފައިވާ "މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު" އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ހުށައަޅާފައިވާ މަޝްރޫޢު ކުރިއަށްގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ދެއްވައިފިއެވެ.

Ads by STELCO

ނެޝަނަލް ޕްލޭނިން މިނިސްޓްރީން ހުށަހެޅީ، އެތަނުގައި ބޮއިން 777 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރަށް ރަންވޭ ބޮޑު ކުރުމުގެ ހުއްދަ އަކަށެވެ. ނަމަވެސް ރަންވޭ ބޮޑުކޮށްފި ނަމަ ތިމާވެއްޓަށް ގިނަ ގެއްލުންތަކެއް ވާނެ ކަމަށް އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ބުނެ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ފުރަތަމަ އެ ހުއްދައެއް ނުދިނެވެ. މިނިސްޓަރު މާފަރަށް ވަޑައިގަނެ ހާލަތު ބެއްލެވުމަށް ފަހު ހުއްދަ މި ދިނީ ޝަރުތުތަކަކާ އެކުގަ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިނިސްޓަރ މި ހުއްދަ ދެއްވާފައިވަނީ އެ މަޝްރޫޢުގެ ސަބަބުން ތިމާވެށްޓަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުން ގެންދިޔުމާއިއެކު، މިނިސްޓްރީން ނެރުނު ރިޕޯޓުގައި ކަނޑައަޅާފައިވާފަދަ މެނޭޖްމަންޓް ޕްލޭނަކާއި މޮނިޓަރިންގް ޕްލޭނަކާއިއެކު އެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ކަމަށެވެ.

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިޢުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިޢުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިޢުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ. މި މައްސަލަ ޕްލޭނިންގ މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރު 2019 ގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!