ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑެއް ނުކުރަން: އީސީ

ދެން އެމްވީ ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑު ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިމިވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި ޕީޕީއެމްގެ ކުރީގެ ސެކެރްޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް އާއި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފު އާއި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު ހިމެނެއެވެ.

އެކަމާ ގުޅިގެން އީސީން ބުނީ އެ ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑުކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން ދަފްތަރުގައި ރަޖިސްޓްރީ ކުރަނީވެސް އަދި ދަފްތަރުން ނަމެއް އުނިކުރަނީވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށް އީސީން ބުނެއެވެ.

އީސީން މިހެން ބުނެފައިވާއިރު އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އަދު ޕީއެންސީގެ ދަފްތަރުގައި ތިބި 14،000 މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދާދިފަހުން ވަނީ ތުހުމަތު ކުރައްވާފައެވެ.

"އަޅުގަނޑަކަށް ނޭނގޭ މިދާ ވަރުން ދަންޏާ އިންތިހާބާ ހަމައަށް ދާއިރު މި ދެ ޕާޓީގައި 10،000 މެމްބަރުން ވެސް ތިބޭނެ ކަމެއް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ދުވާލަކު އެއްފަހަރު ޕާޓީގައި އޮތްތޯ ބެލުމަށް ޗެކް ކުރުން ވަރަށް މުހިއްމު ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ މެދުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!