ޚަބަރު

ރައިޒީނާ ޑައިލޮގްގައި ޝާހިދު ތަގުރީރު ކުރައްވަނީ

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ރައިޒީނާ ޑައިލޮގްގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފިއެވެ.

ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. މި ބައްދަލުވުން މިއަހަރު އޮންނާނީ މި މަހުގެ 14 އިން 16 ގެ ނިޔަލަށެވެ.

މިނިސްޓަރ ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި އޮބްޒާވަރ ރިސަރޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.

މި ބައްދަލުވުމުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވާނެއެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!