ޚަބަރު

މާލޭގެ ރެސްޓޯރެންޓެއްގައި ބަނގުރާ ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި ބަނގުރާ ބޭނުންކޮށް، އޭގެ ވިޔަފާރި ކުރަމުން ގެންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ މިއަދު ހެނދުނު 8:50 ހާއިރު މާލޭގެ ރެސްޓޯރެންޓެއްގައި ތިން މީހަކު ބަނގުރާ ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ ރެސްޓޯރެންޓަށް ގޮސް އެ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެމީހުން ގެންގުޅުނު ތިން ދަބަސް ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަދި 50 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ސްރީލަންކާގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!