ޚަބަރު

އެމްޑީޕީގެ ދަފްތަރު ޞައްޙައެއް ނޫން، ފިޔަވަޅު އަޅަންޖެހޭ: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

އެމްޑީޕީގެ ދަފްތަރު ސައްހަ ނޫން ކަމަށާއި މިއީ ފުރިހަމަ ތަހުގީގެއްކޮށް ފިޔަވަޅު އަޅަން ޖެހޭ ޖިނާއީ ކުށުގެ އަމަލެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަަަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި ޕީޕީއެމްގެ ކުރީގެ ސެކެރްޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލް އާއި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފު އާއި މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު ހިމެނެއެވެ.

އެކަމާ ގުޅިގެން ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ދަފްތަރު ޞައްޙައެއް ނޫން ކަމަށާއި ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުންކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ.

"ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީ އަށް ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތް. މިއީ ފުރިހަމަ ތަޙްޤީގެއްކޮށް، ފިޔަވަޅު އަޅަންޖެހޭ ޖިނާއީ ކުށުގެ އަމަލެއް" ޖަމީލު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑުކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން ދަފްތަރުގައި ރަޖިސްޓްރީ ކުރަނީވެސް އަދި ދަފްތަރުން ނަމެއް އުނިކުރަނީވެސް އެކަމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށް އީސީން ބުނެއެވެ.

އީސީން މިހެން ބުނެފައިވާއިރު އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް/ޕީއެންސީގެ ދަފްތަރުގައި ތިބި 14،000 މެމްބަރުން، އެ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ދާދިފަހުން ވަނީ ތުހުމަތު ވެސް ކުރައްވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!