ޚަބަރު

ސަތާރަ އަހަރުގެ ކުއްޖާއަށް ހިމަބިއްސަށް ނެގެޓިވް

ދެން އެމްވީ ، ދެން އޮންލައިން

ހިމަބިއްސަށް ޝައްކު ކުރެވުނު ކުއްޖާ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ބުނެފިއެވެ.

Ads by STELCO

އެޗްޕީއޭ އިން ބުނީ ހިމަބިއްސަށް ޝައްކު ކުރެވުނު 17 އަހަރުގެ ކުއްޖާ އެ ބައްޔަށް ނެގެޓިވް ކަމަށާއި އެ ކުއްޖާއަކީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަމަށެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ހެލްތު މިނިސްޓްރީން މިއަދު ވަނީ ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެކުރިން ރަސްމީކޮށް އިއުލާންކޮށްފައިވީ ނަމަވެސް ހިމަބިހި އަލުން ރާއްޖެއިން ފެނިފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ބަލައި މިހާރު އަމަލުކުރަމުން ދަނީ ރާއްޖޭގައި ހިމަބިހި "އައުޓްބްރޭކް" ވުމުން އަމަލުކުރަމުންދާ ގޮތަށް ކަމަށެވެ.

އެގޮތުން ހިމަބިހި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް ހެލްތް މިނިސްޓްރީގެ ޓީމްތައް ގޮސް މިއަދު ހަވީރު 4:00ގައި ވެކްސިން ދޭން ފަށާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

ހިމަބިހިން ރައްކާތެރި ވުމަށް އޮތް ގޮތަކީ ވެކްސިން ދިނުން ކަމަށާއި އެގޮތުން ވެކްސިން ނުދީ ތިބި ކުދިން ސްކޫލަށް ނުފޮނުވަން ވެސް މިނިސްޓަރު ވަނީ އެދިފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!