ކުޅިވަރު

ރޮނާލްޑޯ ޔުވެންޓަސްގެ ތަމްރީންތަކަށް ދަނީ ހަތަރު ގަޑިއިރު ކުރިން!

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް-19ގެ ސަބަބުން މެދު ކަނޑާލާފައި އޮތް އިޓަލިއަން ސެރީއާގެ ކުޅުން މި މަހު ފަހުކޮޅު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. އަނެއްކޮޅުން ކުޅުންތެރިން ވެސް ދަނީ ފިޓްނަސް ރަނގަޅުކުރުމުގެ ގޮތުން އަމިއްލަ ތަމްރީންތައް ވެސް ހަދަމުންނެވެ.

Ads by Sosun Fihaara

ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮންމެ ދުވަހަކުވެސް ޔުވެންޓަސްގެ ތަމްރީންތަކަށްދަނީ 4 ގަޑިއިރު ކުރިންނެވެ. 4 ގަޑިއިރު ކުރިން ގޮސް އޭނާގެ ފިޓްނަސް ހުރިވަރު ދެނެގަތުމަށް ޓެސްޓްތަކެއް ވެސް ހަދައެވެ. އެންމެ ފަހުން ހެދި ސްޕީޑް ޓެސްޓްތަކަށް ބަލާއިރު އޭނާއާއި އެޓީމްގެ އެހެން ކުޅުންތެރިންނާއި އަޅާ ކިޔޭވަރަށްވުރެ ތަފާތު ބޮޑެވެ. ރޮނާލްޑޯ އުޅެނީ މާކުރީގައެވެ.

ރޮނާލްޑޯ އޭނާގެ ދުވުމުގެ ސްޕީޑް ބާރުކުރުމުގެ ގޮތުން މިހާރު ދަ ނީ އައު އުކުޅެއް ބޭނުންކުރަމުންނެވެ. ރަގްބީ ކުޅުންތެރިން ބޫޓުގައި ބޭނުންކުރާ އުން ހަރުކޮށްގެން ރޮނާލްޑޯވަނީ ފިޓްނަސް ޓެސްޓްތަކެއް ޖަހާފައެވެ. މި ވީޑިއޯ ސޯސަލް މީޑިޔާގައި ޕޯސްޓްކުރުމާއިއެކު ގިނަ ބަޔަކު ދަނީ ރޮނާލްޑޯ އެނބުރި ދަނޑުމަތިން ފެނުމަށް ކެތްމަދުވެފައި ތިބިކަމަށް ބުނަމުންނެވެ.

އަބަދުވެސް ފިޓްނަސްއަށް ހާއްސަ ސަމާލުކަމެއްދޭ ރޮނާލްޑޯ މިކުރާ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ވެސް ދަނީ ލިބެމުންނެވެ. އުމުރުން 35 އަހަރުގައި ވެސް އެއްފެންވަރެއްގައި ރޮނާލްޑޯއަށް ކުޅެވެނީ ކިހާ ބުރަކޮށް މަސައްކަތްކޮށްގެންކަން އޭނާ ދަނީ ސާބިތު ކޮށްދެމުންނެވެ. އަމިއްލައަށް ކޮންމެ ހަފްތާއަކު ޖިމްގައި 5 ސެސަން ޖައްސަމުން ދާއިރު، ރަނގަޅު ކެއުމާއި ފުރިހަމަ ނިދުމަށް ވެސް ރޮނާލްޑޯއަކީ ޚާއްސަ ސަމާލުކަމެއްދޭ ކުޅުންތެރިއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!