ޚަބަރު

ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓް މިމަހުގެ 20 ގައި އާންމު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް މިމަހުގެ 20 ވަނަ ދުވަހު އާންމު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ވޯޓާސްލިސްޓް އާންމު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ފުރިހަމަ ލިސްޓެއް ތައްޔާރު ކުރުމަށް ކަމަށާ އެ ލިސްޓް މިމަހުގެ ވިހިވަނަ ދުވަހު އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ގާނޫނުގައި ބުނާ މުއްދަތު ކަމަށްވާ 10 ދުވަސް ލިބޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވަނީ އެ ކޮމިޝަނުން އާންމުކުރާ ވޯޓާސް ލިސްޓްގައި ނަން އޮތްތޯ ބަލާ، އެއްވެސް މައްސަލައެއް އުޅޭނަމަ އެ މުއްދަތުގެ ތެރޭގައި ހުށައެޅުމަށް އެދިފައެވެ.

މީގެ ކުރިން އިންތިހާބުތަކާ ދިމާކޮށް އާންމުކުރާ ވޯޓާސް ލިސްޓްތަކުގައި މަރުވެފައިވާ މީހުންގެ މައުލޫމާތު ގިނަ އަދަދަކަށް ހިމެނިފައި ހުންނަ ކަމަށް ބުނެ އާންމުން ޝަކުވާކުރިއެވެ. ނަމަވެސް މިފަހަރުގެ ވޯޓާސް ލިސްޓް އާންމު ކުރުމުގެ ކުރިން ބަލަންޖެހޭ ހުރިހާ ކަންކަން ވަރަށް ރަނގަޅަށް ބަލަމުންދާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބުގައި 980 މީހަކު އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!