ޚަބަރު

ފެރީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކު ހޮސްޕިޓަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްދާ ފެރީ އަކާއި ލޯންޗެއް ޖެހި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ 10:30 ހާއިރު ހުޅުލެ ނެރު ކައިރީ އެއާޕޯޓް ފެރީ އަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އެއާޕޯޓް ފެރީ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ލޯންޗުގައި ތިބީ ފަތުރުވެރިންނެވެ. މިކަމާ ބެހޭ އިތުރު ތަފްސީލު ލިބުމުން ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!