ރިޕޯޓް

މިއީ ހެދޭ ބޮޑު ގޯހެެއް: ޕިކްނިކްތަކާއި އެއްވުންތައް މާލެ ސަރަހައްދުގައި

ދެން އެމްވީ ، ދެން އޮންލައިން

އޭޕްރިލް 15 ވަނަ ދުވަހު މާލެ ތެރެއިން ފުރަތަމަ ކޮވިޑް19 ގެ ކޭސް ފެނުމާއެކު އެއީ ކޮމިއުނިޓީ ސްޕެރެޑެއް ކަނޑައަޅާ މާލެ ސަރަހައްދު ފުލް ލޮކްޑައުން އަކަށް ދިޔައެވެ. ފުލުހުންގެ ހުއްދަ އާ ނުލާ ބޭރަށް ދިއުން މަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ.

Ads by Sosun Fihaara

މިއަދު، 15 ޖޫން ގައި ލޮކްޑައުން އަށް ލުއި ތަކެއް ދީފައިވާއިރު، 61 ދުވަސްތެރޭގައި ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ އަދަދު ވަނީ 25 އިން 2035 އަކަށް އަރާފައެވެ. މިއަދުން ފެށިގެން ފުރަބަންދު އުވާލަނީ ނޫން ކަމަށާއި، އިތުރު ލުއިތަކެއް ދެނީ ކަން އެޗްޕީއޭ އިން ތަކުރާރު ކޮށް ދިޔައީ އާންމުންނަށް ހަނދާންކޮށްދެމުންނެވެ.

ނަމަވެސް މިއަދު އިރު އެރުމާއެކު މާލެ ސަރަހައްދުން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. އެޗްޕީއޭ އިން ތަކުރާރު ކޮށް ދައްކަމުން އައި ވާހަކަތައް ހަނދާން ނެތުނު ކަހަލައެވެ.

މީސް މީޑިއާ ގައި މިއަދު މީހަކު ހިއްސާކުރި ފޮޓޯއަކުން ފެނިގެންދަނީ ހުޅުމާލެ މޫދެވެ. މޫދުގައި އެވަގުތު 10 ވަރަކަށް މީހުން އެވަގުތު ތިބިތަން ފެނެއެވެ. މާ ބޮޑު ގައިދުރު ކަމެއް ވެސް ނުވެއެވެ. ގޭގެ ކުޑަދޮރު ކައިރީގައި ހުރެ ނަގާފައިވާ މި ފޮޓޯ ހިއްސާ ކުރަމުން އޭނާ ވަނީ އެތާގައި އެވަގުތު 25 ވަރަކަށް މީހުން ތިބި ކަމަށް ބުނެފައެވެ.

މިއީ އަހަރެމެންނަށް ވިސްނާނުލާ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ހުއްދަ ނުލާ ބޭރަށް ދެވޭ ގޮތް ހަދާފައިވަނީ އަހަރެމެންނަށް ފަސޭހައަކަށްޓަކައެވެ. ކޮންމެހެން ދާންޖެހޭ ތަންތަނަށް ދިއުމަށެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށެވެ. ކޮވިޑް19 ފެތުރުން ހުއްޓިގެންނެއް ނޫނެވެ.

ފުރަބަންދަށް ލުއި ދިނުމުގެ ދެވަނަ ދެވަނަ މަރުހަލާގައިވާ ގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި، ޖޫން 15 ވަނަ ދުވަހުން ފެށިގެން ބޭރަށް ނުކުތުމުގައި، ފުލުހުންގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައި ވިޔަސް ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށެވެ.

ލުއިތައް ދިނުމުން ވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް އަމަލުކޮށް، އަލުން ކޮވިޑް-19ގެ ކޭސްތައް އިތުރުވިޔަނުދީ ހިފެހެއްޓުމަށް ކުރިން ދައްކާފައިވާ މިސާލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ މީގެ ކުރިންވެސް އިލްތިމާސް ކޮށްފައެވެ. އަދި މިގޮތަށް ގިނަ ބަޔަކު އެއްވެ އުޅުމު ގެ ތެރޭގައި ބަޔަކު ފައްސިވެއްޖެ ނަމަ އެކަމުގައި އޮތް ނުރައްކާ ބޮޑު ކަން ވެސް ވަނީ އަހަރެމެންނަށް ކިޔައިދީފައެވެ.

މިފަދަ ކަންކަމުގައި ފަރުދީ ޒިންމާ އަދާކޮށް، ކަމާބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަން ވުމަކީ މުހިންމު ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!