ޚަބަރު

ކޮވިޑާއެކު ވެސް ދެކުނު އޭޝިޔާގައި އޮޕަރޭޓްކުރި ހަމައެކަނި އެއާލައިންގެ ޝަރަފު މޯލްޑިވިއަންއަށް!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި އެންމެ ހަލުވިކޮށް ކޮވިޑް-19 ފެތުރެމުންދިޔައިރު އިރު ވެސް ދެކުނު އޭޝިޔާ ސަރަޙައްދުގައި ހަމައެކަނި އޮޕަރޭޓް ކުރަމުން ދިޔައީ ޤައުމީ އެއާލައިން މޯލްޑިވިއަންކަމަށް އެ އެއާލައިނުން ބުނެފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ މި ސަރަޙައްދުގައިވެސް އޮޕަރޭޓް ކުރަމުންދިޔަ ހަމައެކަނި އެއާލައިންއަށް މޯލްޑިވިއަންވުމަކީ ލިބިގެންދިޔަ ބޮޑު ފަހުރެއްކަމަށެވެ.

ރިޒްވީ ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި، އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މޭމަހުގެ ނިޔަލަށް މޯލްޑިވިއަންއިން 700 ދަތުރުކޮށް، 4500 ފަސިންޖަރުން އުފުލާފައެވެ.

ރިޒްވީ ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓްކުރުން ހުއްޓާލުމުން ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް ބޮޑު އޮޕަރޭޝަނެއް ފެށިކަމަށެވެ. އެގޮތުން ދެ އެއާކްރާފްޓެއް ބޭނުންކޮށްގެން ރާއްޖެއަށް ބޭނުންވާ 700 ޓަނަށްވުރެ ގިނަ މުދާ މޯލްޑިވިއަންއިން ރާއްޖެ ގެނެސްފައިވާކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔައިރު، މުވައްޒަފުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދިންކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތުން މަސައްކަތުގެ ތެރެއިން މޯލްޑިވިއަންގެ އެއްވެސް ސްޓާފަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިނުވާކަންވެސް ރިޒްވީ ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!