ދުނިޔެ

ކޮވިޑް-19: ހޮންޑޫރަސް ގެ ރައީސް ޖުއާން އޯލަންޑޯ ފައްސިވެއްޖެ!

ހޮންޑޫރަސް ގެ ރައީސް ޖުއާން އޯލަންޑޯ ހަރްނާންދޭޒް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އަށް ހޮންޑޫނަސްގެ ރައީސް ވެސް ފައްސިވެފައިވާއިރު، އޭނާގެ އަނބިކަނބަލުންނާއި ދެ މުވައްޒިފަކުވެސް މިބައްޔަށް ފައްސިވެފައިވާ ކަމަށް ރައީސް ޖުއާން ވިދާޅުވެފައިވެއެވެ.

ރައީސް ޖުއާން ވިދާޅުވީ ފަހަކަށް އައިސް އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ގޯސްވާން ފެށިކަމަށާއި މިދިޔަ ހަފްތާ ބަންދުގައި މިބަލީގެ އަލާމާތްތައް ވެސް ފެންނަން ފެށިކަމަށެވެ. އެމަނިކުފާނު ކޮވިޑް އަށް ފައްސިކަން ކަށަވަރުވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ.

ހޮންޑޫރަސް ގެ ރައީސް މިބައްޔަށް ފައްސިވުމާއި ގުޅިގެން ފަރުވާ ހޯދަމުންދާއިރު، އެމަނިކުފާނު ވެސް ހުންނެވީ އެކަހެރި ކޮށްފައި ކަމަށާއި ނަމަވެސް ނިންމަންޖެހޭ މުހިންމު މަސައްކަތްތައް އެތަނުގައި ހުރެގެން ވެސް ނިންމަވަމުން ގެންދަވާނެކަން ރިޕޯޓުތަކުގައި ހާމަކޮށްފައިވެއެވެ.

"މިބަލިން ސަލާމަތް ވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަހަންނަށް އެބައޮތް. ކަލާނގެއަށާއި ހޮންޑޫރަސްގެ ޑޮކްޓަރުންނާއި ބޭސް ފަރުވާއަށް އަހަރެން ފުރިހަމައަށް އިތުބާރު ކުރަން" ރައީސް ޖުއާން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!