ޚަބަރު

ރައީސް ނަޝީދު އަދި ރައީސް ސޯލިހުގެ މައްޗަށް ޓްވިޓާ ޕޯލަކުން އަލްހާން ކުރި ހޯއްދަވައިފި

ދެން އެމްވީ ، ދެން އޮންލައިން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވާދަކުރާނެ ކަން ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ނައިބު ރައީސް ކަން ވެސް ކުރައްވާފައިވާ އަލްހާން ފަހުމީ އިއުލާނުކޮށްފައިވާއިރު، އަލްހާން ފަހުމީ އޭނާގެ ކެމްޕެއިން ޓްވިޓާ ހޭންޑަލްގައި ނެގި ވޯޓަކުން ކުރި ހޯއްދަވައިފިއެވެ.

Ads by STELCO

ދަ ޓީމް އޭއެފް ނަމުގައި ހިންގާ ޓްވިޓާ ހޭންޑަލް އަކުން ރިޔާސީ ރޭސް 2023 ގެ ނަމުގައި 7 ދުވަހުގެ މުއްދަތަކަށް ހުޅުވާލި މި ވޯޓުގައި އަލްހާން ގެ އިތުރުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ ނަން ހިމަނާފައިވެއެވެ.

މިހާތަނަށް 1600 އަށް ވުރެ ގިނަ މީހުން މި ޕޯލްއަށް ވޯޓުލާފައިވާއިރު އަލްހާން އަށް ވަނީ ވޯޓުގެ 42 އިންސައްތަ ލިބިވަޑައިގަނެފައެވެ. އަދި އެންމެ ގާތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ލިބިވަޑައިގަތީ 33.6 އިންސައްތައެވެ. އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 24.3 އިންސައްތައެވެ.

މި ޕޯލް ނިމެން 22 ގަޑިއިރު އަދި ބާކީ އޮތްއިރު، ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!