ހިކެން ބޭނުން ނަމަ މި ކާނާ ތަކުން ދުރުހެލިވޭ
ޫމީހާ މާ ބޮޑަށް ފަލަވެ ބަރުދަން އިތުރުވުމަކީ ހެލިފެލިވެ އުޅެން އުނދަގޫވެ އަދި އެކަމުގެ ސަބަބުން ސިއްހީ އެތައް މައްސަލައެއްވެސް ކުރިމަތިވާ ސަބަބެކެވެ. ނަމަވެސް ބަރުދަން ލުއި ކުރުން ވެސް ވެފައި އޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ. ތަފާތު އެކި ޑައިޓުތައް ކޮށް ކަސްރަތު ކޮށްގެން ވެސް ގިނަ މީހުންގެ ބަރުދަން ލުއި ނުވުމަކީ ގިނަ މީހުނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެެކެވެ. އެގޮތުން މި ހިމަނާލަނީ ބަރުދަން ލުއި ކުރަން ބޭނުން ނަމަ ކޮންމެހެން ނުކައި ދޫކޮށްލަންވީ 5 ކާނާއެވެ.
1. ފްރެންޗް ފްރައިސް އާއި ޕޮޓޭޓޯ ޗިޕްސް
އަލުވި އަކީ ކިތަންމެ ސިއްހަތަށް ފައިދާހުރި ތަރުކާރީއެއް ނަމަވެސް ފްރެންޗް ފްރައިސް އާއި ޕޮޓޭޓޯ ޗިޕްސް އަކީ ސިއްހަތަށް މާ ފައިދާހުރި އެއްޗެއް ނޫނެވެ. ގިނަ އަދަކަށް ކެލޮރީ އެކުލެވޭ މި ކާނާ ތަކަކީ ކާން ފަށައިފިނަމަ ގިނަ އަދަދަކަށް ކެވޭ އެއްޗެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އަލުވީގެ މި އުފެއްދުންތަކުގެ ސަބަބުން މީހާ ފަލަވުމަށް މަގުފަހިކުރުވައެވެ.
2. އާދައިގެ ޕާން
އާދައިގެ ޕާނަކީ އޭގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓްސް އާއި ހަކުރު އެކުލެވޭ އެއްްޗެކެވެ. ރޮޝީގެ ބަދަލުގައި ސިއްހަތަށް ފައިދާކުރުމުގެ ގޮތުން ޕާނަށް ބަދަލުކުރި ނަމަވެސް ޕާނަކީ ސިއްހަތަށް މާ ރަނގަޅު އެއްޗެއް ކަމުގައި އެއްވެސް ދިރާސާއަކުން މިހާތަނަށް ދައްކާފައެއްނުވެއެވެ. ބަރުދަން ލުރި ކުރުމަށް ޕާނުގެ އަސަރު ދެނެގަތުމުގެ ގޮތުން ކުރި ދިރާސާއެއްގައި 9267 މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން ދުވާލަކު ދެ ފޮތި ޕާން ކާ މީހުންނަށް ވަނީ ބަރުދަން ބަރުވެ ފަލަވުމުގެ ބަލީގެ 40 އިންސައްތަ ނުރައްކާ ބޮޑުކަމަށް ދައްކާފައެވެ.
3. ޕިއްޒާ
ޕިއްޒާ އަކީ ގިނަ ބަޔަކަށް ވަރަށް މީރު ޖަންކް ފުޑެކެވެ. ޕިއްޒާ ކިތަންމެ އަނގަޔަށް މީރު ވީ ނަމަވެސް އޭގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ނުހަނު ގިނައެވެ.
މީގެ އިތުރުން ވެސް ގިނަ ފުރުޓު ޖޫސްތަކާއި، މެޓަލާއި އައިސްކްރީމް ފަދަ ފޮނި ކާތަކެއްޗަކީ ބަރުދަން ލުއި ކުރަން ބޭނުންނަމަ އެއްވެސް ވަރަކަށް ކާން ރަނގަޅު އެއްޗެއްސެއް ނޫނެވެ.
ލ