ދުނިޔެ

އިނގިރޭސިވިލާތުގައި ކޮވިޑް19 ޖެހުނު 13 ދުވަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ

އިނގިރޭސިވިލާތުގައި ކޮވިޑް19 ޖެހިގެން 13 ދުވަހުގެ ތުައްތު ކުއްޖަކު މަރުވެއްޖެއެވެ. މިއީ މިހާތަނަށް އެގައުމުގައި މަރުވި އުމުރުން އެންމެ ހަގު ކުއްޖާއެވެ.

މި ކުއްޖާގެ އިތުރުންވެސް މިއަދު މިހާތަނަށް އެގައުމުގައި ކޮވިޑް19 ޖެހިގެން 69 މީހެއްގެ މަރު ވަނީ އިއުލާނުކޮށްފައެވެ.

13 ދުވަހުގެ ތުއްތު ކުއްޖަކު އެ ބަލި ޖެހިގެން މިއަދު މަރުވެފައިވާއިރު މީގެ ކުރިން އެގައުމުގައި އެންމެ ހަގު ކުއްޖަކަށް ވައިރަސް ޖެހިގެން މަރުވެފައިވަނީ 13 ހަފްތާގެ ތުއްތު ކުއްޖެކެވެ. މިއަދު މަރުވި ކުއްޖާގެ ޖިންސް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިނުވާ ކަމުގައި ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ.

ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އިނގިރޭސިވިލާތުގައި ބޮޑުތަނުން މަދުވަމުން އަންނައިރު މިހާރު ދުވާލެއްގެ މައްޗަށް ފައްސިވެފަނީ ގާތްގަނޑަކަށް 3000 މީހުނެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ކޮވިޑް19 ޖެހިގެން 42,153 މީހަކު މަރުވެފައިވާއިރު ޖުމްލަ 299,251 މީހަކަށްވަނީ ވައިރަސް ޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!