ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 17 މީހުން

މިއަދު އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި 26 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއ، ބަންގްލަދޭޝްގެ ހަ މީހެއްގެ އިތުރުން އިންޑިއާގެ ތިން މީހަކާއި ނޭޕާލްގެ މީހެއް ކަމަށެވެ.

މި 17 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2137 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 368 މީހަކަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 82 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ. މި މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1759 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!