Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާ ގިނައިރު އިށީނދެގެން އިންނަނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު

މާ ގިނައިރު އިށީނދެގެން އިންނަނަމަ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު

މާ ގިނައިރު އިށީނދެގެން އިންނަ ނަމަ ކެންސަރުޖެހުމުގެ ފުރުސަތު ބޮޑުވެގެންދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބުރާސްފަތި ދުވަހު 'ޖާމާ އޮންކޮލޮޖީ' ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން އެއްތަނެއްގައި މާ ގިނައިރު އިށީނދެ އިނުމަކީ ކެންސަރުޖެހި އެކަމުގެ ސަބަބުން ތިމާގެ ފުރާނައަށް ވެސް އަސަރުކުރުވާ ކަމެކެވެ.

އެގޮތުން މި ދިރާސާގައި އިތުރަށްވާ ގޮތުގައި ކޮންމެ 30 މިނަޓަކުން ކޮޅަށް ތެދުވެ، ލުއި ކަސްރަތެއް ކޮށްލުމަކީ ކެންސަރަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެކަމެކެވެ.

Advertisement
Ooredoo — Square (box)

މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރެއް ކަމުގައިވާ ޑރ. ސޫސަން ގިލްޗިރިސްޓު ވިދާޅުވިގޮތުގައި އިށީނދެ އިންނަ ވަގުތު މަދުކޮށް ހެލުފެލިވެ އުޅޭ ވަގުތު ގިނަ ކުރުމަށް މި ދިރާސާއިން ބާރު އަޅާ ކަމަށެވެ.

މި ދިރާސާއަކީ 2009 ވަނަ އަހަރާއި 2013 ވަނަ އަހަރު ޖުުމްލަ 8000 މީހުން ހިމަނައިގެން، އެމީހުން އިށީނދެ ތިބޭ ވަގުތުތައް ޓްރެކް ކޮށްގެން ކުރި ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރިވިއިރު މިއިން އެއްވެސް މީހެއްގެ ގައިން ކެންސަރުގެ އަސަރެއް ފެނިފައެއްނުވެއެވެ. ނަމަވެސް 5 އަހަރު ފަހުން ވަނީ މީގެ ތެރެއިން 82 އިންސައްތަ މީހުންގެ ގައިން ކެންސަރުގެ އަސަރު ފެނިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް