ޚަބަރު

އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ މައިމޫނާ ހޮސްޕިޓަލުގައި އެޑްމިޓުކުރި!

ދެން އެމްވީ ، ދެން އޮންލައިން

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، އާލާސްކަންފުޅާ އުޅުއްވާތީ އިއްޔެ ހޮސްޕިޓަލުގައި އެޑްމިޓުކުރިއެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަަޅުއްވާފައި ހުންނަ ތަރުޖަމާނު މަބްރޫކް އަޒީޒް ރޭގައި ވިދާޅުވީ، މައިމޫނާގެ ބަލިހާލުކޮޅު ގޯސްވުމާއި ގުޅިގެން އިއްޔެ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެއީ ކޮވިޑް އާއި ގުޅިގެން ނޫން ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު މައިމޫނާގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން މައިމޫނާ އަކީ ބޮޑެތި ބާރުތަކެއް ލިބިދީފައިވާ ބޭފުޅެކެވެ. އެގޮތުން ކޮވިޑް19 އާއި ގުޅިގެން އެކަމަނާ އަންނަނީ އެބަލި ފެތުރުން ހުއްޓުވުމަށް ގާނޫނުން އެކަމަނާ އަށް ލިބިދީފައިވާ ގިނަ ބާރުތަކެއް ބޭނުން ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!