ނޫޑުލްސް އަކީ ކާން ހެޔޮވާވަރުގެ އެއްޗެއް ނޫން
ނޫޑްލްސް އަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި އެންމެ ގިނައިން ކައި އުޅޭ އެއް ކާނާއެވެ. ތައްޔާރުކޮށްލަން ފަސޭހަ އަދި އެހާމެ ރަހަ މީރުކޮށް ކައްކާލެވޭ ނޫޑުލްސް އަކީ ގިނަ ބަޔަކަށް އެންމެ މީރު ކާނާ ވެސް މެއެވެ.
ނަމަވެސް ނޫޑުލްސް ކިތަންމެ މީރުވެފައި ކައްކާލަން ފަސޭހަވިނަމަވެސް ނޫޑުލްސް އަކީ ހަށިގަނޑަށް ވަރަށް ނުރައްކާތެރި އެއްޗެއްކަމުގައި ދިރާސާތަކުން ދައްކައެވެ.
އެގޮތުން މަސަކުސެޓްސް ޖެނެރަލް ހޮސްޕިޓަލް އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ދައްކާ ގޮތުގައި ފިހާރަތަކުގައި ވިއްކަން ހުންނަ ނޫޑްލްސް ކާތާ އެތައް ގަޑިއިރެއް ފަހުން ވެސް ބަނޑުގައި ހަޖަމް ނުވެ ހުރެއެވެ.
އެމެރިކާ ގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހާމަކޮށްފައިވާ ގޮތުގައި އާންމުކޮށް ކޮންމެ ދުވަހަކު ހެން ނޫޑުލްސް ކާ ނަމަ ހަށިގަނޑުގައި ޓިއުމަރު އުފެދި ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. އެގޮތުން ނޫޑްލްސް ގިނަ ދުވަހު ބެހެއްޓުމަށްޓަކައި އަޅާފައިވާ ޓާޓިއަރީ-ބުޓީލް އަކީ ބަލިޖެހުމަށް މަގުފަހިކުރުވާ އަދި ހަށިގަނޑުގެ ގުނަވަންތައް ބާރުދެރަކޮށްލާ މާއްދާއެކެވެ. މި މާއްދާއަކީ އާންމުކޮށް ސެންޓު އުފެއްދުމުގައި ބޭނުން ކުރާ އެއްޗެކެވެ.
ހަމައެހެންމެ ދުންފަތުގެ އުފެއްދުންތަކުގައި ހުންނަ ކެމިކަލެއް ކަމުގައިވާ ޕްރޮޕްލީން ގްލައިކޯލް ނޫޑުލްސް ގައި އެކުލެވޭ ކަމަށް މާހިރުން ބުނެއެވެ.
މީގެ އިތުރުންވެސް ހަށިގަނޑަށް ގެއްލުން ހުރި އެތައް ކެމިކަލް އެއް ނޫޑުލުސް އުފެއްދުމުގައި ބޭނުން ކުރެއެވެ.