ލައިފްސްޓައިލް

މި ކޮފީ ބުއިމުން 'ހެސްކިޔާފައި' ބަރުދަން ލުއިވާނެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދައިރާ އެއްގައި އޮންލައިން ވިޔަފާރި ކުރަމުން އަންނަ "ލިބޭ" އިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ ލޭންސްލޭ ޑައެޓް ކޮފީ ބޮއިގެން ދިވެހި ޒުވާން އަންހެނަކު 10 ކިލޯ ލުއި ވެއްޖެއެވެ.

Ads by STELCO

ލިބޭ އިން ވިއްކާ ކޮފީގެ އަޖުމަ ބެލުމަށް އެންމެ ފުރަތަމަ ކޮފީ ގަތް އެ ޒުވާނާ ކޮފީ ބޭނުން ކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެންނަން ފެށުމުން ވަނީ ގަވާއިދުން ބޮއެފައެވެ.

"އެންމެ ފުރަތަމަ ކޮފީ ގަތީ މީހުންގެ ފަރާތުން އަޑު އިވިގެން ވާގޮތެއް ބަލާލަން. ދެން ކުޑަދުވަސްކޮޅެއް ތެރޭ ލުއިވާން ފަށަައިފި. އެހައި ހިސާބުން ގަވާއިދުން ބޮމުން ގެންދިޔައީ." ޒުވާނާ ކިޔައިދިނެެވެ.

ކޮންމެ ދުވަހަކު ދެފަހަރު ކެއުމުގެ 20 މިނެޓު ކުރިން ބޯން ޖެހޭ މި ކޮފީ އަކީ ހަމައެކަނި ބަރުދަން ލުއިކުރަން ބޭނުން ކުރާ ކޮފީ އެއްވެސް ނޫނެވެ. އާދައިގެ ކޮފީގެ ބަދަލުގައި މި ކޮފީ ބުއިމުން، ބަރުދަން ލުއިވެ، ހަންގަނޑު އޮމާން ކޮށްދިނުމަށްވެސް ވަރަށް ބޮޑަށް އެހީވެއެވެ.

ކޮފީ ބޯން ފެށުމުގެ ކުރިން ފޮޓޯ އިން އެ ފެންނަ ޒުވާނާގެ ބަރުދަނަކީ 53 ކިލޯއެވެ. ވާތް ފަޅީގައި އެ ފެންނަ ފޮޓޯ އިން ފަލަ ކަމަށް ދައްކާ އިރު، ގަވާއިދުން ކޮފީ ބުއިމުން އޭނާގެ ބަރުދަން ވަނީ 43 ކިލޯ އަށް ލުއިވެފައެވެ. އަދި ހަށިގަނޑަށް އައިސްފައިވާ ރަނގަޅު ބަދަލުތައްވެސް ކަނާތް ފަޅީގައި އެވާ ފޮޓޯ އިން ވަރަށް ރީއްޗައް ފެންނާނެއެވެ.

"ކޮންމެ ދުވަހަކުވެސް އެ އޮންނަ ގޮތަށް ދެފަހަރު ކޮފީ ބޮއިފަ 20 ވަރަކަށް މިނެޓަށް ކަސްރަތުވެސް ކުރިން. މި ދެކަންތައް އެއްކޮށް ކުރީމަ ކަންނޭގެ މިހައި އަވަހަށް 10 ކިލޯ މި ލުއިވީ. މި 3 މަސް ދުވަސް ތެރޭ 18 ކޮފީ ފޮށި އަހަރެން ބުއިން. މިހާރު ބޭނުންވި ކަންތައް ވެއްޖެ." އޭނާ ބުންޏެވެ.

ލޭންސްލޭ ޑައިޓް ކޮފީ ބޭނުން ކުރުމުން ބަދަލުތައް އައިސްފައިވާ ކަމަށް މީގެ ކުރިން ވެސް ގިނަ ބަޔަކު ބުނެފައި ވެއެވެ. އެގޮތުން އުމުރުން 25 އަހަރުގެ ޒުވާނެއް ކަމަށްވާ ނަޒާހަތު "ވަގުތު" އަށް މައުލޫމާތު ދެމުން ކުރިން ބުނެފައިވާ ގޮތުގައި ޑައެޓް ކުރުމާއި ކެއުމަށް އެނޫންވެސް މިންގަނޑުތައް ކަނޑައަޅައި ކެއުން "ލިމިޓް" ކުރުން ފަދަ އެތައް މަސައްކަތެއް ކޮށްގެންވެސް އެދެވޭ ބަދަލެއް ނައިސް އެތައް ދުވަހެއް ވެފައި ވަނިކޮށް ލޭންސްލޭ ކޮފީ ބޭނުންކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް އޭގެ ފައިދާ ވަނީ ފެނިފައެވެ.

"އެންމެ ފުރަތަމަ މި ކޮފީ ބޭނުންކުރަން ފެށީ، ގިނަ ބަޔަކު މި ކޮފީ ބޮއެގެން އެދެވޭ ނަތީޖާ ފެންނަ ކަމަށް ބުނުމުން ޓެސްޓަކަށް. އެކަމަކު މި ކޮފީ ބޭނުންކުރަން ފެށުމާއެކު އަހަންނަށްވެސް ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ސާފުވި. މި ކޮފީއަކީ އިތުބާރު މޮޅު ކޮފީއެއްކަން އަހަންނަށް ޔަޤީން ކުރެވުނު ހިސާބަކީ އެއީ." ނަޒާހަތު ކިޔައިދިނެވެ.

މި ކޮފީ ބޮއިގެން އެދެވޭ ނަތީޖާތައް ފެންނަކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، ލިބޭ އިން ދާދި ފަހުން މިވަނީ މި ކޮފީ އަށް 10 ދުވަހުގެ ޙާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ.

މިގޮތުން ފަސް ޑައިޓް ކޮފީ ނުވަތަ ފަސް ޑައިޓް ހޮޓްޗޮކްލެޓް ނެގުމުން އިތުރު ފޮއްޓެއް ހިލޭ ލިބޭނެއެވެ. އޭރުން 125 ރުފިޔާ އަށް ފޮއްޓެއް ޖެހޭއިރު މިއީ ހޯލްސޭލް ރޭޓަށް ވުރެ ވެސް ހެޔޮ އަގެކެވެ. 10 ދުވަހުގެ މުއްދަތައް ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ އެއް ބޭނުމަކީ މިއުފެއްދުންތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް ލިބޭ އިން މައުލޫމާތު ދެއެވެ. ނަމަވެސް މިއަގުގައި ކޮފީ ލިބޭނީ "ލިބޭ" އިން ކޮފީ ގަތުމުންނެވެ.

"ލިބޭ" ގެ އުފެއްދުންތައްބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުމަށް އެފަރާތުން އެދެއެވެ.

މި ޕްރޮޑަކްޓު މާލެއާއި ހުޅުމާލެ ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.

ނޯޓް: ޑައިޓް ކޮފީ އާއި ހޮޓް ޗޮކްލެޓް ބޭނުން ކުރާނީ ކޮންމެ ދުވަހެއްގެ މެންދުރާއި ރޭގަނޑު ކެއުމުގެ 20 މިނެޓް ކުރިންނެވެ. ދުވާލަކު ހަތަރު ފަހަރަށް ވުރެ ގިނައިން ކޮފީ ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އަދި މާބަނޑު މީހުންނާއި ގާތުން ކިރުދޭ މީހުން މިކޮފީ އާއި ހޮޓްޗޮކްލެޓް ބޭނުން ކުރަން ވާނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދައިގެންނެވެ. ޑައިޓް ކޮފީ ހިމެނޭހެން އެއްވެސް ކޮފީއެއް ބޮޑެތި ބަލިތައް ކަމަށްވާ ހަކުރު ބަލި، ކެންސަރު، ލިވާގެ ބަލިތައް، ކިޑްނީ މައްސަލަ، ތައިރޮއިޑް މައްސަލަ ހުންނަ މީހުން ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. އެހެންކަމުން ބޮޑު ބައްޔަކަށް ބޭސް ކުރާ ފަރާތަކުން މިފަދަ ކޮފީއެއް ބޭނުން ކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން ވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!