ލައިފްސްޓައިލް

ރީތި މޫނެއް ބޭނުން ނަމަ އުނގުޅަންވީ އެއްޗަކީ މިއީ

ބޭސަން ނުވަތަ ގްރާމް ފުލާ އޭ ބުނީމަ ބައެއް މީހުންނަށް ނޭނގިދާނެ އެވެ. އެހެން ގޮތަށް ބުނާނަމަ މިއީ ހިމުން ކޮށްފައި ހުންނަ މުގު ފުށުވެ. މިއީ މާލޭގެ ބައެއް ދިވެހި ބޭސް ފިހާރަތަކުން ވެސް ފަސޭހައިން ލިބެން ހުރި އެއްޗެކެވެ. އަދި މޫނުގެ ހަންގަނޑު އުޖާލާކޮށް ރީތި ކުރުމަށް އަވަތިނެތި މަސައްކަތް ކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު އެއްޗެކެވެ.

އަވިން ހަންގަނޑު އެދުމުން:

ލޮކްޑައުން އަށް ލުއި ތައް ލިބުމާއެކު މިހާރު އެންމެންގެ ވެސް ކަމަކީ މޫދަށް ދިއުމެވެ. މިއީ މޫދަށް ގޮސް އުޅުމުން ހަންގަޑު އެނދުމުން ގޭގައި ތައްޔާރުކޮށްލެވޭނެ މާސްކެކެވެ. ދެ ސަމްސާ ބޭސަން އަށް ކުޑަ ރީނދޫ ކޮޅަކާއި ލުނބޯ ހުތް ކޮޅަކާއި ކާޑް އަޅާލުމަށްފަހު ޕޭސްޓެއް ތައްޔާރު ކޮށްލާށެވެ. އަދި ތައްޔާރު ކުރި ޕޭސްޓު މޫނުގައި އުނގުޅުމަށްފަހު ހިކެންދެން މަޑުކޮށްލާށެވެ. ހިކުމުން ރީިތިފެންފޮދަކުން މޫނު ދޮވެލާށެވެ.

މޫނު ތެޔޮވުމަށް:

މީ ގިނަ މީހުންގެ މޫނަށް އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލަ އެވެ. ހާސްވާނެ ކަމެއް ނެތެވެ. ބޭސަން އަކީ ތެޔޮ ހަންގަނޑަށް އެންމެ މޮޅު އެކައްޗެވެ. އެގޮތުން މޫނު ތެޔޮވާނަމަ މި މާސްކް ތައްޔާރުކޮށްލައްވާށެވެ. މޫނުގައި ޕޭސްޓެއް ހެދުމަށްފަހު އުނގުޅޭ ވަރުގެ ބޭސަން ތެރެއަށް ފިނިފެން (ރޯސްވޯޓާ) ކޮޅެއް އަޅާށެވެ. އަދި ޕޭސްޓެއް ގޮތަށް ތައްޔާރު ކޮށްލުމަށްހު މޫނުގައި އުނގުޅާލާށެވެ. ހަފްތާކު ދެ ފަހަރު ނުވަތަ ތިން ފަހަރު މި މާސްކު ބޭނުން ކުރާނަމަ މޫނުގައި ހުންނަ ތެޔޮކަން ފިލުވާލަދީ މޫނު އުޖާލާކޮށްދޭނެވެ.

ބިހިނެގުން:

ބިހިނަގާ މޫނަކަށް ނަމަ މި މާސްކް ޓެސްޓުކޮށްލައްވާށެވެ. އެއް ސަމުސާ ބޭސަންގެ ތެރެއަށް ކުޑަ ކެލާ ޕައުޑަރ ކޮޅަކާއި ކިރުކޮޅެއް އެޅުމަށްފަހު ޕޭސްޓެއް ގޮތައް ތައްޔާރު ކޮށްލައްވާށެވެ. ބޭނުންނަމަ ކުޑަ ރީނދޫކޮޅެއް ވެސް އެއްކޮށްލެވިދާނެ އެވެ. ނަތީޖާ ފެންނަން ދެން ކޮންމެ ދުވަހަކު ވެސް މި މާސްކު ބޭނުން ކުރަން ވާނެ އެވެ.

މޫނުގައި ހުންނަ ވަޅުގަނޑުތަކަށް:

ބިހިނެގުމުގެ ސަބަބުން މޫނު ހަޑިވެ މޫނުގައި ވަޅުގަނޑު ގޮތަށް ބޮޑެތި ޕޯސްތައް ހެދިފައި ހުރެ އެވެ. އެފަދަ ފަރާތްތަކުން މި މާސްކު ބޭނުން ކުރެވިދާނެ އެވެ. ދެ ސަމްސާ ބޭސަންގެ ތެރެއަށް ދެ ސަމްސާ ކިއުކަމްބާ ޖޫސް (ކިއުކަމްބާ ދިޔަ) އަޅާލުމަށްފަހު ކުޑަ ލުނބޯ ހުތް ކޮޅެއް އަޅާލުމަށްފަހު ޕޭސްޓެއް ތައްޔާރުކޮށްލައްވާށެވެ. އަދި ތިރީސް މިނެޓް ވަންދެން މި މާސްކް އަޅައިގެން ހުރުމަށްފަހު މޫނު ދޮވެލާށެވެ.

ހަންގަނޑު އަލިކުރުމަށް:

ހަންގަނޑު އުޖާލާކޮށް ބެހެއްޓުމަށް މި މާސްކު ބޭނުން ކުރެވިދާނެ އެވެ. ހަތަރު ސަބްސާ ބޭސަންގެ ތެރަށް އެއް ސަމުސާ ކިރާއި ލުނބޯ ހުތް ކޮޅެއް އަޅާލުމަށްފަހު ޕޭސްޓެއް ހަދާލާށެވެ. އަދި ޕޭސްޓު މޫނުމަތީގައި އުނގުޅުމަށްފަހު ހިކެންދެން މަޑުކޮށްލާށެވެ. މި މާސްކު ހަފްތާ އަކު ދެ ފަހަރު ވެސް ބޭނުން ކުރެވިދާނެ އެވެ.

ކޮންމެ މާސްކެއް ބޭނުން ކުރި ނަމަވެސް މޫނު ރަނގަޅަށް ދޮވެ މޮއިސްޗަރައިޒް ކުރަން ހަދާން ކުރަން ވާނެ އެވެ. އަދި ބައެއް އެއްޗިއްސަކީ ހުރިހާ މީހުންގެ މޫނާ ގުޅޭ އެއްޗެއްސަށް ނުވާނެތީ އެއްވެސް އެއްޗަކަށް ހަންގަނޑު އެލާޖިކް ވޭތޯ ކޮންމެ މާސްކެއް ބޭނުން ކުރުމުގެ ކުރިން ވެސް ބަލަން ވާނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!