ޚަބަރު

އެމްއޭސީއެލްގެ ޚަރަދުތައް ހަމަޖައްސަން ލޯނެއް ނަގަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ބަލިމަޑު ކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފްލައިޓްތަކުގެ އޮޕަރޭޝަން ހުއްޓާލުމާއެކު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ގެ އާމްދަނީ 98 އިންސައްތަ ދަށަށް ގޮސްފިއެވެ. އެމްއޭސީއެލްގެ އާމްދަނީ ބޮޑު ތަނުން ދަށްވުމާއެކު، ބައެއް ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ބެންކުން ލޯނެއް ނެގުމަށްވަނީ ނިންމާފައެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިޙް ވިދާޅުވީ މިދިޔަ ޑިސެމްބަރުމަހާއި ޖެނުއަރީމަހު އެމްއޭސީއެލްއަށް ރަނގަޅު އާމްދަނީއެއް ލިބިފައިވާކަމަށެވެ.

އަދި ފެބްރުއަރީމަހުވެސް ރަނގަޅު އާމްދަނީއެއް ލިބުނުކަމަށާއި، ނަމަވެސް އޭރު ބައެއް ޚިދުމަތްތަކުން ލިބެމުންދިޔަ އާމްދަނީ ދަށަށް ދާން ފަށާފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މާޗު މަހުން ފެށިގެން އާމްދަނީ ދަށަށް ގޮސް މޭމަހުގެ ނިޔަލަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މޫސާ ޞާލިހު ވިދާޅުވިއެވެ.

އެގޮތުން މޭމަހާ ހަމައަށްދިޔައިރު، އާމްދަނީ ވަނީ ކުރިއަހަރާ އަޅާބަލާއިރު 98 އިންސައްތަ ދަށަށް ގޮސްފައިވާކަން ފާހަގަކޮށް ސާލިހު ވިދާޅުވީ ކުރީގެ ރެވެނިއުއާ އަޅާބަލާއިރު ލިބުނީ 2 އިންސައްތަ ކަމަށެވެ.

"ބީއެމްއެލްއިން ލޯނެއް ނެގުމަށް ވަނީ ނިންމާފައި. ބައެއް ކަހަލަ އިކުއިޕްމަންޓްއް ހޯދުމަށާއި އެހެން ބައެއް ޚަރަދުތައް ޙަމަޖެއްސުމަށް" ޞާލިހު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!