Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޙިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި އެއްވެ އުޅުމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ރޮޒައިނާ ގޮވާލައްވައިފި

ޙިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި އެއްވެ އުޅުމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ރޮޒައިނާ ގޮވާލައްވައިފި

ޙިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށާއި އެއްވެ އުޅުމުގެ ޙައްޤަށް ހުރަސް ނޭޅުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ ޙައްޤުގައި މަޖިލިހުން މަސައްކަތް ނުކުރާކަމަށް ބުނެ ވައަތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށް "ނަވާނަވައި" މިއަދު ވަނީ މަޖިލިސް އިދާރާ ކައިރީގައި އިހުތިޖާޖު ކޮށްފައެވެ.

ނަމަވެސް ފުލުހުން ވަނީ އެއިހުތިޖާޖު ކުރިއަށް ގެންދިޔަ ނުދީ ހުއްޓުވާފައެވެ. އެހެންކަމުން ނަވާނަވާއިން ވަނީ އެސަރަޙައްދު ދޫކޮށް ހޮޓެލް ޖެން ކައިރީގައި އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ.

Advertisement
HDC — Sidebar (box)

ނަވާނަވައި ގެ އެއިހުތިޖާޖާއި ގުޅިގެން އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބަލިމަޑުކަމެއް ފެތުރެމުންދާ މިފަދަ ދުވަސްވަރެއްގައި، މަގުމަތީގައި އާއި ތަންތަނުގައި އެއްވުންތަށް ނުބޭއްވުމަށާއި އެހެން ކޮންމެވެސް ގޮތަކުން ޙިޔާލުފާޅު ކުރެއްވުމަށެވެ.

ފައިރޫޝްގެ ޓްވީޓަށް ރައްދު ދެއްވަމުން މެންބަރު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގައިދުރުކަން އިސްކޮށް، މާސްކުވެސް އަޅައިގެން ތިބެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބިނަމަ ފުރަބަންދުގެ ދުވަސްވަރަށް ނުވާއިރު އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން ރޮޒައިނާ ވިދާޅުވީ އިހުތިޖާޖު ހުއްޓުވުމުގެ ބަދަލުގައި، ރައްކާތެރިކަމުގެ ގައިޑްލައިނަކާއެކު އިހުތިޖާޖު ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ދިނުން ރަނގަޅުކަމަށް ފެނިވަޑައި ގަންނަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް