ޚަބަރު

އެއްވެސް މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދެވެން ނެތް ކަމަކަށް ނުބުނަން: މަރު ކޮމިޝަން

ދެން އެމްވީ ، ދެން އޮންލައިން

އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ނުބުނާކަމަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މަރުތަކާއި ގުޅިގެން އިތުރު ހެއްކެއް ލިބެން ނެތް ކަމަށާއި އެމަސައްކަތް ކުރެވެން ނެތް ކަމަށް، ރިޔާސީ ކޮމިޝަނުން މަޖިލިހަށް އަންގާފައިވާ ކަމަށް މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ރިޔާސީ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ލިޔުމުން އެންގުމަށް މަޖިލީހުން އަންގާފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދަންނަވާފައިވާނެ ކަމާއި ނަމަވެސް އެކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ދަންނަވާފައި ނުވާނެ ކަމަށެވެ.

"ކޮމިޝަންގެ މަސައްކަތްތައް ހުއްޓުމެއް ނެތި ދަނީ ކުރަމުން" ގޮތްނޭނގޭ މަރުތަކާއި ބެހޭ ރިޔާސީ ކޮމިޝަންގެ ބަޔާނުގައިވެއެވެ.

ރިޔާސީ ކޮމިޝަނުގެ ބަޔާނުގައި މިފަދައިންވާއިރު، މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ ސިޓީގައި މަރު ކޮމިޝަނަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމާއި އެހެންކަމުން އިތުރަށް މަސައްކަތް ކުރިޔަށް ގެންދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!