ޚަބަރު

"މެންގޯ" އަށްފަހު ސޮނީ ސްޕޯޓްސް އިން ފްރެންޗައިސް ބްރޭންޑް "މިނީސޯ" ރާއްޖެ ގެނެސްފި!

""މެންގޯ" ބްރޭންޑަށްފަހު މަޝްހޫރު ފްރެންޗައިސް ބްރޭންޑް "މިނީސޯ" ރާއްޖެ ގެނައުމަށް ސޮނީ ސްޕޯޓްސްއިން ތައްޔާރު ވެއްޖެއެވެ.

ސޮނީ ސްޕޯޓްސް ގެ ޖެނެރަލް މެނޭޖަރ މައުމޫން އަބްދުﷲ ވިދާޅުވީ ހެޔޮ އަގެއްގައި ތަފާތު އެކި ކަހަލަ ސާމާނު ވިއްކާ "މިނީސޯ" ގެ ފިހާރަ ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިނީސޯ ފިހާރަ ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

މިނީސޯގެ އެހެން ފިހާރަތަކުން ވެސް ލިބެން ހުންނަ ތަކެތި ލިބޭނެ މިފިހާރަ ހުންނަނީ ކަލާފާނު ސްކޫލްގެ މައިގޭޓު ކުރިމަތީގައެވެ.

މީގެއިތުރުން ސޮނީ ސްޕޯޓްސްއިން ދަނީ މިނީސޯ ފިހާރައިން ލިބެން ހުންނަ ތަކެތި އޮންލައިން ކޮށް ވެސް ވިއްކަމުންނެވެ. މިތަކެތީގެ އޮންލައިން ވިޔަފާރިއަށް ވެސް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މައުމޫން ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެފަދައިން ދުވާލެއްގެ މައްޗަށް 70 އޯޑަރު ލިބޭކަން ވެސް މައުމޫން ފާހަގަ ކުރެއްވިއެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ މިނީސޯ އިން މިހާރުވެސް ދަނީ ދުނިޔޭގެ 90 އަށްވުރެ ގިނަ ޤައުމެއްގައި އެމީހުންގެ ފިހާރަތައް ހިންގަމުންނެވެ.

މީގެ ނުވަ އަހަރު ކުރިން 2011 ގައި ހުޅުވި މިނީސޯގެ ފުރަތަމަ ފިހާރައާއެކު ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ވަނީ އާއްމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

މިނީސޯގެ ފިހާރަތަކުން ގޭތެރޭ ހިފާ ގެންގުޅޭ ސާމާނާއި، ފޮތް ފަންސޫރު ފަދަ ތަކެއްޗާއި، ކުޑަކުދިން ކުޅޭ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަދިގޭ ސާމާނު ލިބެން ހުންނާނެކަމަށް މައުމޫން ވިދާޅުވިއެވެ.

މިނީސޯގެ މުދާތައް ކަސްޓަމަރުންނަށް ހޯލްސޭލްކޮށް ވެސް ލިބޭ ގޮތަށް ހެދުމަށް ސޮނީ ސްޕޯޓްސް އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ސޮނީ ސްޕޯޓްސް އިން ވަނީ "ލިވައިސް" ފިހާރައަކާއި ދުނިޔޭގެ މަޝްހޫރު "މެންގޯ" ފްރެންޗައިޒް ވެސް ރާއްޖެ ގެނެސްފައެވެ.

"މިނީސޯ" ބްރޭންޑުގެ މުދާ އޮންލައިންކޮށް ބަލާލާ، އޯޑަރު ދެއްވަން ބޭނުންފުޅުވާނަމަ (މިލިންކަށް) އެކަން ކުރިއަށް ގެންދެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!