ލައިފްސްޓައިލް

އިންތިޒާރަށް ނިމުމެއް: އައިފޯނުގެ އަޕްޑޭޓާއެކު ކޯލްތައް ބެނާ ނޮޓިފިކޭޝަންއެއްގެ ގޮތަށް ސްކްރީންގެ މައްޗަށް

ދެން އެމްވީ ، ދެން އޮންލައިން

އެޕަލް އިން ފުރަތަމަ ފަހަރަށް ބޭއްވި ވާޗުއަލް ކޮންފެރެންސް ގައި އައިފޯނުގެ އާ ސޮފްޓްވެއަރ އަޕްޑޭޓު އައިއޯއެސް14 ތައާރަފްކޮށްފައިވާއިރު، ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން އައި އެއް ފީޗާ ހިމަނައިފިއެވެ.

Ads by Sosun Fihaara

އެގޮތުން މީހަކު ގުޅުމުން އެ ކޯލް މުޅި ސްކްރީން އަށް އަރައި ފޯނު އިތުރަށް ބޭނުން ނުކުރެވޭކަމީ ގިނަ ބަޔަކު ކުރިއްސު އައިފޯނުތަކުން ފާހަގަކުރަމުން އައި ކަމެކެވެ. ނަމަވެސް އައިއޯއެސް 14 އާއެކު މިހާރު ކޯލްތަކުގެ އިތުރުން ފޭސްޓައިމް ކޯލްތައް ވެސް ބެނާ ނޮޓިފިކޭޝަންއެއްގެ ގޮތަށް ސްކްރީންގެ މައްޗަށް އަރާނެއެވެ. އަދި ފޯނުން އެހެން ބޭނުންތައް ކުރަމުން ގެންދެވޭނެއެވެ. މިއީ އައިފޯނަށް ލޯބިކުރާ ފަރާތްތަކުން ކެތްމަދުވެފައި ތިބި އަޕްޑޭޓް އެކެވެ.

މީގެ އިތުރުންވެސް އައިއޯއެސް ގެ އިތުރު އާ ކަންތައްތަކަށް ބަލާލާއިރު ފޯނު ބޭނުންކުރާ މީހުންނަށް ހޯމް ސްކްރީންގައި ކަލަންޑަރާއި މެޕް ފަދަ އަޕްޑޭޓްވާ މައުލޫމާތު ހިމެނޭ ވިޖެޓްތައް ޕިން ކޮށްލެވޭނެ އެވެ. މީގެ ކުރިން އައިފޯނުގެ ހޯމްސްކްރީންގައި ހަމައެކަނި ހިމެނޭނީ އެޕްތައް އެކަންޏެވެ.

އައިއޯއެސް 14 ގައި އާ އެޕްތައް އޮޓޮމެޓިކްކޮށް އޮގަނައިޒް ކޮށްލުމަށް އާ ފީޗާއެއް ކަމަށްވާ "އެޕް ލައިބްރަރީ" އެއް ހިމެނޭނެ އެވެ. މީގެއިން އެންމެ ޓެޕް އަކުން އެޕްގެ ޕޭޖްތައް ޑިލީޓް ކޮށްލެވޭއިރު އެޕަލް އާކޭޑްއިން އެއާ އެއްގޮތް އެޕްތައްވެސް ބަލާލެވޭނެ އެވެ.

އައިއޯއެސް14 ގެ އިތުރު ބައެއް ފީޗަރ ތަކަށް ބަލާލާއިރު:

  • އެހެން އެޕްތައް ބޭނުންކުރަމުން ވީޑިއޯ ބެލޭ ގޮތެއް
  • ސިރީގެ އިންޓަފޭސް އަށް އާ ޑިޒައިނެއް
  • އެޕަކުން އައިފޯންގެ ކެމެރާ އާއި މައިކްރޯފޯން ބޭނުންކުރާކަން ދެނެގަންނާނެ އިތުރު ނޮޓިފިކޭޝަނެއް
  • ސިރީގައި ހުރި މައުލޫމާތު 20 ގުނަ އިތުރުވާނެ
  • މެންޝަންސް އާއި މާސްކު އަޅައިގެން ހުންނަ މީމޯޖީ ހިމެނޭ
  • އެޕަލްގެ ޓްރާންސްލޭޓް އެޕް

ބައެއް ފޯނުތަކަށް މިހާރު އައިއޯއެސް14 ވަނީ ލިބިފައެވެ. އެޕަލް އިން ބުނާ ގޮތުގައި މި ހަފްތާގެ ތެރޭގައި ހުރިހާ ފޯނަކަށް ވެސް އާ އަޕްޑޭޓު ލިބިގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!