ޚަބަރު

ޑައިވިނަށް ދިޔަ ދިވެއްސަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ގދ. ތިނަދޫ އުތުރުފަރާތު ކުނިކޮށްޓާ ދިމާލުން ފަރުބޭރަށް ޑައިވިނަށް ދިޔަ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

Ads by STELCO

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެވެ.

ފުލުހުން ބުނީ ތިނަދޫ އުތުރު ފަރާތު ކުނިކޮށްޓާ ދިމާލަށް ފަރު ބޭރަށް ޑައިވްކޮށްގެން ކުދި މަސް ނަގަން ޑައިވިން އަށް ދިޔަ މީހަކު، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 2:12 ހާއިރު ލިބިފައިވާ ކަމަށެވެ.

އެގޮތުން ހޮސްޕިޓަލަށް ގެނައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!