ލައިފްސްޓައިލް

ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވާ މީހަކު ދަންނަންތަ؟

ކިތަންމެ ވަރަކަށް ކޮންމެ އެއްޗެއް ކެޔަސް އެއް ގޮތަކަށް ވެސް ފަލަނުވާ ކިތަންމެ ބަޔަކު އުޅެއެވެ. އެމީހުންނަށް ބާގަރ އާއި ޕިއްޒާއާއި ކޮންމެ އެއްޗެއް ވެސް، ފަލަ ވެދާނެ ކަމުގެ އެއްވެސް ބިރެެއްނެތި ކާލެވެއެވެ.

ގިނަ ފަހަރަށް އެމީހުން ކާތަން ފެނިފައި އެހެން މީހުން ހައިރާންވެއެވެ. އަދި އެމީހުން ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވާތީ އެއަށްވުރެ ބޮޑަށް ހައިރާންވެއެވެ.

ބައެއް މީހުންނަށް އެއީ ޖާދޫއެއް ކަމުގައި ހީވެއެވެ. ނަމަވެސް ހަގީގަތުގައި އެއީ ކީއްވެވާ ކަމެއްކަން ކަމާއިބެހޭ މާހިރުން މިވަނީ ކިޔާދީފައެވެ.

އެގޮތުން ކަމާއިބެހޭ ތަޖުރިބާކާރުން ބުނިގޮތުގައި ގިނައިން ފަލަނުވަނީ އެމީހުންގެ ބޭސަލް މެޓަބޮލިކް ރޭޓް (ބީއެމްއާރް) ގަދަވުމުގެ ސަބަބުންނެވެ.

ބީއެމްއާރް ގަދަވުމުގެ ސަބަބުން، އެހެން މީހުންގެ ހަށިގަނޑުގައި ހުންނަ ކެލޮރީސް ވިރުވާ ވަރަށްވުރެ ގިނައިން އަދި އަވަހަށް، އެފަދަ މީހުންގެ ހަށިގަނޑުގައި ހުންނަ ކެލޮރީސް ވިރުވާލައެވެ. އެހެންކަމުން ކިތަންމެ ވަރަކަށް ކޮންމެ ފަދަ އެއްޗެއް ކެޔަސް، އެތަކެތި އެމީހުންގެ ހަށިގަނޑުގައި މާގިނައިރު ހަރުލާފައެއް ނުހުރެއެވެ.

ނަމަވެސް މިފަދައިން ފަލަ ނުވާ މީހުން ވެސް ޤަވާއިދުން ކަސްރަތު ކުރަން ޖެހޭނެކަމަށް ސިއްޙީ މާހިރުން ބުނެއެވެ. އެމީހުން ބުނާ ގޮތުގައި، އެފަދައިން ހިކިކޮށް ހުރުމުގެ މާނައަކީ ސިއްޙަތު ރަނގަޅުވުމެއް ނޫނެވެ. އަދި އެއްވެސް ކަސްތަރެއް ނުލިބި މާބޮޑަށް ހިކިކޮށް ހުރުމުން ހިތުގެ އެކި ކަހަލަ ބަލިތައް ޖެހިދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ސިއްޙީ މާހިރުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!