ލައިފްސްޓައިލް

ރީތި ހުދުދަތްޕިލައެއް ބޭނުންނަމަ މިވަރެއް ނެތް!

ދެން އެމްވީ ، ދެން އޮންލައިން

ރީތި ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވިފައިވާ އެއް ސިއްރަކީ ރީތި ދަތްޕިލައެކެވެ. ދަތްތައް ހަޑިނަމަ ހިނިތުންވާން ނުކެތި މީހާގެ އަގުވެއްޓޭފަދަ ބައެއް ހާލަތްތަކާ ވެސް ބައެއް މީހުންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

Ads by STELCO

ދިރާސާތަކުން ދައްކާ ގޮތުގައި ދަތްތައް ހުދުކޮށް، ރީތިކުރުމަށް ބޭކިން ސޮޑާ ވަރެއް ނެތެވެ. ބައެއް ދަތް އުނގުޅާބޭހުގައި ވެސް ބޭނުންކޮށްފައި ހުންނަ ބޭކިން ސޮޑާ އަކީ ރީތި ހުދުދަތްޕިލައެއްގެ ވެރިއަކަށްވާން ބޭނުންވާ މީހުންނަށް އެންމެ ފަސޭހައިން އަދި އެންމެ އަގުހެޔޮކޮށް އެކަން ކުރެވޭނެ ގޮތެވެ.

ބޭކިން ސޮޑާ ބޭނުންކޮށްގެން ދަތް ހުދުކުރަން ބޭނުންވާނަމަ ހަފްތާއަކު އެއްފަހަރު ނުވަތަ ދެ ހަފްތާއިން އެއްފަހަރު ބޭނުންކުރާށެވެ. ބޭކިންސޮޑާ އެކަނި ބޭނުންކޮށްގެން ދަތް އުނގުޅުމަށްފަހު ރަނގަޅަށް އަނގަދޮވެލާށެވެ. 2 މިނިޓަށް ވުރެ ގިނައިރު އަނގަ ނުދޮވެ ނުހުންނާށެވެ.

ނުވަތަ ހަމައެކަނި ބޭކިން ސޮޑާ ބޭނުންކޮށްގެން ދަތް އުނގުޅުގެ ބަދަލުގައި އިތުރު އެއްޗެއް ބޭނުންކޮށްގެން ވެސް ދަތްތައް އުނގުޅާލެވިދާނެއެވެ. އެގޮތުން ލުނބޯ އަދި ވިނިގާ ބޭނުން ކުރެވިދާނެ އެވެ. މި ދޭއްޗަކީ ވެސް ދަތް ހުދުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ބޭކިންސޮޑާގެ ތެރެއަށް ލުނބޯ، ވިނިގާ ފޮދެއް އެއްކޮށްލުމަށްފަހު އުނގުޅާލާށެވެ. އަދި ދެ ތިން މިނެޓް މަޑުކޮށްލުމަށްފަހު އަނގަދޮވެލާށެވެ. ވިނިގާގެ ރަހަ އަނގައިން ކަނޑުވާލުމަށް ދަތްއުނގުޅާ ބޭސް ބޭނުންކޮށްގެން ދަތް އުނގުޅާލާށެވެ. މިހެން ހެދުމުން ވިނިގާގެ ރަހަ ކެނޑިގެންދާނެ އެވެ.

އާންމުކޮށް ކޮފީ ބޯ މީހުންނާއި ސިނގިރޭޓް ބޯ މީހުންގެ ދަތް ހުދުކުރަން މިއީ ރަނގަޅު އެއްޗެކެވެ. އަދި މިއީ ދަތް ހުދުކަމަށް ދައްކަދޭ އެއްޗެކެވެ. މިއީ މީހުންގެތެރޭ ހިތް ހަމަޖެހިލައިގެން ހިނިއައިސް ވާހަކަ ދައްކާލަން ހުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!