އޯޓްސް: ބަރުދަން ލުއި ކޮށްލުމުގެ އިތުރުންވެސް ސިއްހީ އެތައް ފައިދާއެއް
އޯޓްސް އަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި، ޚާއްސަކޮށް ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުން މެދުގައި މަޝްހޫރުވަމުން އަންނަ ކާނާ އެކެވެ. ނަމަވެސް އޯޓްސް އަކީ ހަމައެކަނި ބަރުދަން ލުއި ކުރުމަށް ހާއްސަ ކާނާ އެއްވެސް ނޫނެވެ. ބަރުދަން ލުއި ކުރުމުގެ އިތުރުންވެސް އޯޓްސް އިން އެތައް ސިއްހީ ފައިދާތަކެއް ވެއެވެ.
ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އޯޓްސް ގެ ކައްކާފައި ހުރި އޯޓްސް ޖޯޑެއްގައި ގާތްގަނޑަކަށް 160 ކިލޯކެލަރީ (30 ގްރާމް ކާބޮހައިޑްރޭޓް، 6 ގްރާމް ޕްރޮޓީން އަދި 1 ގްރާމް ފެޓް) ހިމެނެ އެވެ. މި މިންވަރަކީ އެވްރެޖް މީހަކު މައިގަނޑު ކާ ވަގުތަކަށް ގޮވާމުގެ ބައި ބޭނުންވާ މިންވަރެވެ. މީގެ އިތުރުން އޯޓްސްގައި ހިމެނޭ ބީޓާ ގްލޫކަންއަކީ ހަށިގަނޑަށް ގެއްލުންވާ ކޮލެސްޓްރޯލް ދަށްކުރުމަށް އެހީވެދޭ އެއްޗެކެވެ.
އޯޓްސް އިން ލިއްބައިދޭ ފައިދާތަކުގެ ތެރޭގައި ބަރުދަން ލުއިކުރަން ފަސޭހަވުން، ހަކުރު ކޮންޓްރޯ ކުރުމަށް އެހީވުން އަދި ހަށިގަނޑަށް ގެއްލުންދޭ ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް އެހީވުން ހިމެނެ އެވެ.
އޯޓްސް އަކީ ހިތުގެ ދުޅަހެޔޮކަމަށް އަދި ގޮހޮރުގެ މައްސަލަތަކުގެ އިތުރުން ގައިގެ ހަންގަނޑު ކެހުމާއި ހިރުވުމުގެ މައްސަލަތަކަށް ވެސް ފަރުވާއެއްކަމުގައި ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
ދުވާލުގެ ކެއުމުގައި އޯޓްސް ހިމެނުން ރަނގަޅު ނަމަވެސް ސަމާލުވާންވީ ކަމަކީ ބެލެންސްޑް ކެއުމެއްގެ ގޮތުން އިތުރަށް ހިމަނަން ޖެހޭ މަހުގެ ބާވަތްތައް، ތަރުކާރީ އާއި މޭވާ، އަދި އެހެން ބާވަތްތައް ވެސް ކެއުމުގައި ހިމެނުމަށެވެ.